ބޭނުންވާނެ ތަކެތި
- 2 ޖޯޑު ބަތް
- 2/1 މޭޒުމަތީ ސަމުސާ ހުންނަހާ ހިމުންކޮށް ކޮށާފައި ހުރި ގިތެޔޮ މިރުސް
- 4/1 ހުންނަހާ މުގުރި އަސޭ މިރުސް
- 3 މޭޒުމަތީ ހުންނަހާ ހިމުންކޮށް ކޮށާފައި ހުރި ފިޔާ
- 2/1 ސައި ސަމުސާ އިނގުރު ( ޗިސްކޮށްފައި ހުރި
- 2/1 ސައި ސަމުސާ ލޮނުމެދު ( ޗިސްކޮށްފައި ހުރި)
- 2 ޕީސް ޗިކަން ޓިއްކާ ( ކުދިކޮށް ކޮށާފައި)
- 2/1 ޖޯޑު ހުންނަހާ ހިމުންކޮށް ކޮށާފައި ހުރި ކެރެޓް
- 2/1 ޖޯޑު ހުންނަހާ ހިމުންކޮށް ކޮށާފައި ހުރި ކެބެޖް
- 2/1 ޖޯޑުހުންނަހާ ހިމުން ކޮށް ކޮށާފައި ހުރި ގްރީން ބީންސް
- 1 މޭޒުމަތީ ހުންނަހާ ސޮޔާ ސޯސް
- 2/1 ޗިކަން ކިއުބް
ހައްދަވާނެގޮތް
ތަވާއުނދުންމައްޗަށް އުދާލުމަށްފަހު ކުޑަ ތެޔޮފޮދެއް އަޅާލާފައި ތެޔޮފޮދު ހޫނުވީމާ ފިޔާ ، މިރުސް ،ކެބެޖު، ކެރެޓް، ބީންސް އެއްކޮށް އަޅާލުމަށްފަހު މޯޅިވުމުންބަތްފިޔަވައި ބާކީ ތަކެތި އެއްކޮށްފައި ރަހަހިފާވަރުވީމާ ބަތް އެއްކޮށްފައި އުނދުން މަތިން ބާލާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް