ހުޅުމާލޭ ފޭސް ދޭއްގައި މިއަދު ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.
މި އެކްސިޑެންޓުގެ ރިޕޯޓު ފުލުހުންނަށް ކުރީ ހެނދުނު9:56 ގައި އެވެ. އެކްސިޑެންޓު ހިނގީ އެމްޕީއެލް ފްލެޓު ކައިރިން ސައިކަލަކާއި ޕިކަޕެއް ޖެހިގެންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި އެކްސިޑެންޓުގައި އަނިޔާވީ59 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އެމީހާ މަރުވީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
ރޭ ދަންވަރުވެސް ފޭސް ދޭއްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވެ އެވެ. ޖޭއެމްސީ ސައިޓު ކައިރިން ދެ ސައިކަލް ޖެހި ހިނގި އެ އެކްސިޑެންޓުގައި19 އަހަރުގެ ފިރިހެނަކަށާއި56 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވެ އެވެ.
މީގެ ތެރެއިން56 އަހަރުގެ މީހާ ސީރިއަސް ހާލަތެއްގައި އޮތް އިރު އެމީހާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައި އެވެ.
ފުލުހުން ބުނީ މި ދެ މައްސަލަވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް