ފޭސް ދޭއްގައި ހިނގި އެކްސިޑެންޓެއްގައި 56 އަހަރުގެ މީހަކު ސީރިއަސް ހާލަތުގައި

ހުޅުމާލޭ ފޭސް ދޭއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކަކަށް ސީރިއަސް އަނިޔާތަކެއް ވެގެން ފަރުވާ ދެމުން އެބަދެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓުގެ ރިޕޯޓު ކރުީ ރޭ ދަންވަރު...

03 Apr 2023 | 05:56

ހުޅުމާލޭ ފޭސް ދޭއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކަކަށް ސީރިއަސް އަނިޔާތަކެއް ވެގެން ފަރުވާ ދެމުން އެބަދެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓުގެ ރިޕޯޓު ކރުީ ރޭ ދަންވަރު1:20 ހާއިރު ކަމަށެވެ.

އެކްސިޑެންޓު ހިނގީ ފޭސް ދޭއްގެ ޖޭއެމްސީ ސައިޓު ކައިރީގައި އެވެ. ދެ ސައިކަލް ޖެހި ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ19 އަހަރުގެ ފިރިހެނަކަށާއި56 އަހަރުގެ ފިރިހެނަކަށެވެ.

ފުލުހުން ބުނީ މީގެ ތެރެއިން56 އަހަރުގެ ފިރިހެން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އެމީހާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލު ކޮށްފައި އެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް