ބަޓިކް އެއާ މެލޭޝިއާގެ ދަތުރުތައް ރާއްޖެއަށް ފަށަނީ

ބަޓިކް އެއާ މެލޭޝިއާގެ ދަތުރުތައް ރާއްޖެއަށް ފަށަން ތައްޔާރުވަމުން އެބަދެ އެވެ. މިއީ އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށާ ފުރަތަމަ ފަހަރެވެ. ދަތުރުތައް ފެށުމަށް ތައްޔާރުވަމުން ދަނީ އަންނަ މަހުގެ...

03 Apr 2023 | 05:40

ބަޓިކް އެއާ މެލޭޝިއާގެ ދަތުރުތައް ރާއްޖެއަށް ފަށަން ތައްޔާރުވަމުން އެބަދެ އެވެ.

މިއީ އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށާ ފުރަތަމަ ފަހަރެވެ. ދަތުރުތައް ފެށުމަށް ތައްޔާރުވަމުން ދަނީ އަންނަ މަހުގެ12 ވަނަ ދުވަހު އެވެ.

އެ އެއާލައިނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ރާއްޖެއަށް ބަޓިކުން ކޮންމެ ދުވަހަކު ދަތުރެއް ބާއްވާނެ އެވެ. އެކަމަކު އެ ދަތުރުތައް ބާއްވަނީ ސްރީލަންކާއަށް ޓްރާންސިޓްވާ ގޮތަށް ކަމަށް ބުނެފައިވެ އެވެ.

މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ 737 މެކްސް 8 މަރުކާގެ ބޯޓެކެވެ.

މެލޭޝިއާ އަކީ ދިވެހިންގެ މެދުގައި މަގުބޫލު ގައުމެކެވެ. އެ ގައުމުގައި ގިނަ އަދަދެއްގެ ދިވެހިން ތައުލީމު ހާސިލް ކުރާއިރު ޗުއްޓީއަށް ދިއުމަށްވެސް މެލޭޝިއާ އަކީ ދިވެހިންގެ މެދުގައި މަގުބޫލު ގައުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު ބައިނަލްއަޤްވާމީ 35 އެއަރލައިނަކުން އަންނަނީ ދަތުރުކުރަމުންނެވެ. އަދި އިތުރު އެއަރލައިންތަކުން ދަތުރު ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް