އައްޑޫގައި ޖިންސީ ގޯނާ ކުރި މައްސަލައިގަ އެކިގޮތްގޮތަށް ވާހަކަދައްކާތީ ކޮމިޓީ ބާއްވައިދޭން އެދެފި

އައްޑޫ ސިޓީ ހިތަދޫގައި އުމުރުން ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގަ އެކި ގޮތްގޮތަށް ވާހަކަ ދައްކާތީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޝަނުން އެކަން ބަލައިދިނުމަށް ބައްދަލު...

03 Apr 2022 | 18:28

އައްޑޫ ސިޓީ ހިތަދޫގައި އުމުރުން ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގަ އެކި ގޮތްގޮތަށް ވާހަކަ ދައްކާތީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޝަނުން އެކަން ބަލައިދިނުމަށް ބައްދަލުވުމެއް ބާއްވައި ދިނުމަށް އައްޑޫ މިދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އަދާމް އެދިވަޑައިގެންފި އެވެ.

މި މައްސަލައިިގަ ހައްޔަރުކޮށްފައިވަނީ59 އަހަރުގެ އަންހެނެކެވެ. މިހާތަނަށް ކުށުގެ އެއްވެސް ރެކޯޑެއް އެމީހާ ހައްޔަރު ކުރީ ތުހުމަތު ކުރާގޮތުގައި ފްރޭމް ކޮށްގެންނެވެ.

ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާދަމާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން މުގައްރިރު ނިންމަވާފައިވާ ކަމަށެވެ. އަދި އެ ކޮމިޓީން ބޭއްވި އެންމެ ފަހުގެ ބައްދަލުވުމުގައި އެ މައްސަލައިގެ ލިޔުންތައް ހޯދަން ކަމާ ބެހޭ އިދާރާތަކުގައި އެދިފައިވާނެ ކަަމަށެވެ.

އޭނާ ވިދާޅުވީ މި ދަނޑިވަޅުގައި މި މައްސަލަ އިކޮނޮމިކް މިނިސްޓްރު ފައްޔާޒާއިވެސް ގުޅުވައި ސިޔާސީ ކުރަމުންދާ ކަމަށެވެ.

ކޮމިޓީން މައްސަލަ ބަލައިދޭން ރޮޒައިނާ އެދިވަޑައިގަތް އިރު، އައްޑޫގައި އެ މައްސަލައިގެ ހަމަނުޖެހުން ވަނީ ބޮޑުވެފަ އެވެ. އެ ކުއްޖާ އަށް ޖިންސީ ގޯނާކުރީ ކާފަ ކަމަށާއި އާއިލާ އިން އެކަން ސިއްރުކޮށް، އެހެން މީހަކު ފްރޭމްކޮށްފައިވާ ކަމަށް ބުނެ މުޒާހަރާ ވެސް ކުރި އެވެ.

މި މައްސަލައިގަ ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އެ އަންހެން މީހާ ބަންދު ކުރުމަށް އަމުރުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް