ދެ އަހަރު ފަހުން ޗައިނާ އަނެއްކާވެސް ކޯވިޑްގެ ވޭނުގައި!

ކޯވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާއިން މިހާރު ތަހައްމަލް ކުރަމުން ދަނީ މިދިޔަ ދެ އަހަރު ދުވަހަށްވުރެ ހިތް ދަތި ދުވަސްތަކެއް ކަމަށް ރިޕޯޓުތައް ބުނެފި އެވެ. ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހު އ...

03 Apr 2022 | 17:39

ކޯވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާއިން މިހާރު ތަހައްމަލް ކުރަމުން ދަނީ މިދިޔަ ދެ އަހަރު ދުވަހަށްވުރެ ހިތް ދަތި ދުވަސްތަކެއް ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހު އެ ގައުމުގައި ދުވާލަކު ކޯވިޑް ޖެހޭ މީހުންގެ އަދަދު އުޅުނީ600 އިން ދަށުގައި އެވެ. އެކަމަކު އެ އަދަދު އިތުރުވަމުން ގޮސް އިއްޔެ އެކަނިވެސް20،953 މީހުން ޕޮސިޓިވްވެފައިވެ އެވެ.

ޗައިނާގައި އެންމެ ހަލުވިކަމާއި އެކު ބަލި ފެތުރެމުންދަނީ ޝެންހާއީގައި އެވެ. ކޯވިޑް ފެތުރުން އިތުރުވުމާއި އެކު އެ ސިޓީ އެއްކޮށް ވަނީ ލޮކްޑައުންކޮށްފަ އެވެ. ސަރުކާރު އޮފީސްތައް ބަންދުކޮށް ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުން މަސައްކަތް ކުރަމުން ދަނީ ގޭގައި ތިބެގެންނެވެ.

ޗައިނާގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދަނީ ކޯވިޑްގެ އޮމިކްރޯން ވޭރިއަންޓެވެ. ޑަބްލިއުއެޗްއޯއިން ވަނީ އިތުރު ވޭރިއަންޓެއް އުފެދުމުގެ ފުރުސަތުވެސް އޮތް ކަމަށް ބުނެފަ އެވެ.

ޗައިނާގެ އިތުރުން މިވަގުތު ކޯވިޑްގައި އެންމެ ހާލަތު ގޯހީ އިނގިރޭސިވިލާތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް