ހުޅުމާލެ ހިޔާ ފުލެޓު ސަރަހައްދުގައި ކާބޯތަކެތީގެ ޙިދުމަތް ދިނުން ހުއްޓާލަން އެޗްޑީސީން އަންގައިފިއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ހިޔާ ފްލެޓް ސަރަހައްދުގައި ވަރަށް ގިނަ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަމުން އަންނާތީ، އެތަނުގައި ހުންނަ ކާބޯތަކެތީގައި ހުންނަންޖެހޭ ސާފުތާހިރު ކަމުގެ މިންގަނޑު ވެސް ނުހުންނަ ކަމަށެވެ.
މިގޮތުން އެކަމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ޝަކުވާ އެޗްޑީސީއަށް ލިބޭ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެޗްޑީސީން ބުނީ އެތަންތަނުގައި ގާޑިޔަލާއި މޭޒު ފަދަ އެއްޗެހި ބަހައްޓައިގެން ކާބޯތަކެތީގެ ވިޔަފާރިކުުރަމުންދަނީ ކަމާބެހޭ ފަރާތްތަކުން ނަގަން ޖެހޭ ހުއްދަތައް ވެސް ނުނަގައި އުސޫލާ ހިލާފަށް ކަމަށެވެ.
އެހެންކަމުން، އެ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތްތައްދޭ ބަހައްޓާފައި ހުރި ތަކެތި މާދަމާ އިން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ނަގައި، ތަން ސާފުކޮށް ހިދުމަތް ހުއްޓާލަން އެޗްޑީސީން ވަނީ އަންގާފައެވެ. އަދި އެ ތާރީހުގެ ފަހުން މިފަދަ ހިދުމަތްތައް ދޭ ފަރާތްތަކަށް ފިޔަވަޅު އަޅައި، ނުނަގާ ހުރި ތަކެތި ނަގައި ސާފުކުރެވޭނެ ވާހަކަ އެޗްޑީސީން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް