ފައުންޑޭޝަން ސްޓޭޖުން ކީ ސްޓޭޖް 2 އާ ދެމެދުގެ ދަރިވަރުންގެ ކިބައިން ފާހަގަކުރެވޭ އުނގެނުމުގައި ދިމާވާ ވަކިވަކި ދަތިތަކާއި ހެދިބޮޑުވުމުގައި ފެންނަ ލަސްކަން ޅަފަތުގައި ދެނެގަތުމަށްޓަކައި ބޭނުންވާ ޝާމިލް ވަޞީލަތެއް އުފެއްދުމަށް އެސްކީ އާ އެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެއްބަސްވުމެއް އެކުލަވާލާ ސޮއިކޮށްފިއެވެ.
މިނިސްޓްރީއޮފް އެޑިޔުކޭޝަނުން ބުނީ މިއީ ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަންގެ ހިލޭ އެހީ އިން ކުރިއަށްގެންދާ "މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް" ގެ ދަށުން ޑިޕަރޓްމަންޓް އޮފް އިންކްލުސިވް އެޑިޔުކޭޝަން އިން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް އެގްޒެކެޓިވް އިބްރާހީމް ނައުޝާދު އެވެ.
އެސްކީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް ކޯޑިނޭޓަރ ސޮފޫރާ ކައުސަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް