ޕޮލިސް އެކަޑަމީ ބަލަހައްޓާނީ އިންޑިއާއިން ނޫން: ފުލުހުން

ޕޮލިސް އެކަޑަމީ ނުވަތަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސް އެންޑް ލޯ އެންފޯސްމަންޓް ބަލަހައްޓާނީ އިންޑިއާ އިން ނޫން ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނެފި އެވެ. އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ގާ...

03 Apr 2022 | 09:37

ޕޮލިސް އެކަޑަމީ ނުވަތަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސް އެންޑް ލޯ އެންފޯސްމަންޓް ބަލަހައްޓާނީ އިންޑިއާ އިން ނޫން ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނެފި އެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ގާއިމުކޮށްފައިވާ ޕޮލިސް އެކަޑަމީގެ މެއިންޓަނަންސް ބެލެހެއްޓުމާއި އެކަމަށް ހިނގާ ހޭދަ ވެސް ބަލަހައްޓަން ހަމަޖެހިފައި އޮތީ އިންޑިއާ އިން ކަމުގެ ތުހުމަތު ބައެއް މީހުން ކުރެ އެވެ.

ފުލުހުންގެ ތަރުޖަމާން، ޗީފް ސްޕްރިންޓެންޑެންޓް ޔޫނުސް ސޮބާހް މިއަދު މީޑިއާއަށް ވިދާޅުވީ އެ ކޮލެޖާ ގުޅުން ހުރި މެއިންޓަނަންސް ވެސް ހިމެނޭނެހެން ހުރިހާ ކަމެއްގެ ބާރު އޮތީ ދިވެހި ފުލުހުން ކަމަށެވެ. ނަމަވެސް އިންޑިއާއިން އެއް އަހަރު ދުވަހަށް ބަލަހައްޓަން ޑިފެކްޓްސް ލައިބިލިޓީ ޕީރިއަޑެއް ކޮންޓްރެކްޓަރު އިންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭކަމުގެ ތުހުމަތާއެކު ސަރުކާރާށް އިދިކޮޅުން އަންނަނީ ބޮޑަތި ފާޑުކިޔުން ތަކަކާއެކު ގިން ތުހުމަތުތަކެއް ކުރަމުންނެވެ. އިންޑިއާގެ އެހީގައި އެޅުނު ޕޮލިސް އެކަޑަމީއަށް ވެސް ވަނީ އެ ގަމުގެ ބާރުން އެތަން ހިންގާކަމަށް ބުނެ ގިނަ ތުހުމަތު ތަކެއް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް