ރ. ރަސްމާދޫ ސްކޫލާއި ރ. ފައިނު ސްކޫލުގައި ތިން ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި މިއަދު ސޮއި ކޮށްފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި ދެ ޕްރޮޖެކްޓްވެސް ހަވާލުކުރެވުނީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ.
ރަސްމާދޫ ސްކޫލުގެ މަސައްކަތުގެ ކޮންޓްރެކްޓްގެ އަގަކީ 12.8 އަށް މިލިއަން ރުފިޔާއެވެ.
އަދި ފައިނު ސްކޫލުގެ މަސައްކަތުގެ ކޮންޓްރެކްޓްގެ އަގަކީ 15.2 މިލިއަން ރުފިޔާއެވެ. މި ދެ ޕްރޮޖެކްޓަކީވެސް އެއް އަހަރު ދުވހުގެ ތެރޭގައި ނިންމަން އެ ކުންފުންޏާ
ހަވާލުކުރެވުނު ދެ ޕްރޮޖެކްޓެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެގްރިމަންޓްގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ އެވެ. ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ މުޙައްމަދު ޒުބައިރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް