ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާނު ދެ މީހަކު ހައްޔަރުކޮށްފި

ވައިގެ މަގުން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޕާކިސްތާން ރައްޔިތެއް ކަމަށްވާ އަޙްމަދު ޢަލީ (3...

03 Apr 2022 | 08:32

ވައިގެ މަގުން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޕާކިސްތާން ރައްޔިތެއް ކަމަށްވާ އަޙްމަދު ޢަލީ (32އ) އާއި ހަމަ އެ ގައުމުގެ މޮއިމިނާ ޤުލްފާމް (20އ) އެވެ.

އަދި އެމީހުން ހައްޔަރުކޮށްފައިވަނީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް އާއި ޓޫރިސްޓް ޕޮލިސް ގުޅިގެން 2022 މާރިޗް 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ވެލާނާ އިންޓަނޭޝަލަން އެއާޕޯޓުން ކަމަށް ފުލުހުން ހާމަކުރެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ މަސްތުވާތަކެތި ފެނިފައިވަނީ، އެމީހުން ގެންގުޅުނު ދަބަހެއް ބަލައި ފާސްކުރި އެ ދަބަހުންނާއި އެމީހުންގެ ހަށިގަނޑު ތެރެއިން ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށާއި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް