ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ރަމަޟާންމަހުގެ އިނާޔަތް ނުލިބޭ ކަމުގައިވާ ނަމަ މައްސަލަ ހުށަހަޅަން ބުނެފިއެވެ.
މައްސަލަ ހުށަހެޅުމަށް ބުނެ ލޭބާ ރިލޭޝަންސް އޮތޯރިޓީން އެދިފައި ވަނީ ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ގާނޫގައި ކަނޑައަޅާފައިވާ 3،000 ރުފިޔާ ލިބެންޖެހޭނެކަމަށެވެ.
މި އަދަދު ނުލިބޭކަމުގައި ވަނީ ނަމަ މައްސަލަ ހުށަހެޅުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.
މިގޮތުން ރޯދަ އިނާޔަތާ ގުޅިގެން މައްސަލަ ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން އެ އޮފީހުގެ ވެބްސައިޓަށް ޒިޔާރަތް ކުރައްވައި، ނުވަތަ އޮތޯރިޓީއަށް ވަޑައިގެން މައްސަލަ ހުށަހެޅުމަށް އެ އިދާރާއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް