ހިޔާ ލޯކަލް މާރުކޭޓް ގޮޅިތައް ލިބުނު ފަރާތްތަކަށް ގޮޅިތަށް ހަވާލުކޮށްފި

ހުޅުމާލޭގެ ހިޔާ ފްލެޓް ހިމެނޭ ސަރަހައްދުގައި ހަދާފައިވާ "ހިޔާ ލޯކަލް މާރުކޭޓް" ގޮޅިތައް ލިބުނު ފަރާތްތަކަށް އެ ގޮޅިތައް ހަވާލު ކޮށްފި އެވެ. ހިޔާ ފުލެޓްތަކާ ދިމާއިން އަތިރިމައްޗަށް ވާ ފަޅީގައި ގާއިމުކޮ...

03 Apr 2022 | 07:43

ހުޅުމާލޭގެ ހިޔާ ފްލެޓް ހިމެނޭ ސަރަހައްދުގައި ހަދާފައިވާ "ހިޔާ ލޯކަލް މާރުކޭޓް" ގޮޅިތައް ލިބުނު ފަރާތްތަކަށް އެ ގޮޅިތައް ހަވާލު ކޮށްފި އެވެ.

ހިޔާ ފުލެޓްތަކާ ދިމާއިން އަތިރިމައްޗަށް ވާ ފަޅީގައި ގާއިމުކޮށްފައިވާ މާރުކޭޓުތަކުން 19 ގޮޅި ވަނީ ދޫކޮށްފައެވެ. މި 19 މީހުންގެ ތެރެއިން 17 މީހަކަށް ވަނީ އެއްބަސްވުމުގައި ސޮއިކޯށް ގޮޅިތަށް ހަވާލު ކުރެވިފައިކަމަށް އެޗްޑީސީން ބުނެއެވެ.

އެ ގޮޅިތަކަށް ކުރިމަތިިލުމުގެ ފުރުސަތު ހުޅުވާލީ ހަމައެކަނި ހިޔާ ފްލެޓްތަކުގެ ވެރިންނަށެވެ.

މި ގޮޅިތައް ހިންގާ ފަރާތްތަކަށް ގޮޅިތަކުގެ މަހު ފީއެއްގެ ގޮތުން މަހަކު 2،000 ރުފިޔާ ދެއްކުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.

ގުރުއަތުން ހޮވުމާ އެކު 1،500 ރުފިޔާގެ ސެކިއުރިޓީ ޑިޕޮސިޓް ގުރުއަތުން ހޮވުނު މީހުން ދައްކާފައިވެ އެވެ. އަދި ގޮޅި ލިބޭ މީހުންނަށް އެޗްޑީސީން ލިޔުމުން އެކަން އަންގާ ދުވަހުން ފެށިގެން ދެ ދުވަހުގެ ތެރޭގައި އެއް މަހުގެ އެޑްވާންސް ކުލި ވެސް ދައްކަންޖެހެ އެވެ.

އެޗްޑީސީން ބުނީ ގޮޅި ކުއްޔަށް ދިން މުއްދަތު ހަމަވުމުން ގޮޅިއަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނެތް ނަމަ ސެކިއުރިޓީ ޑިޕޮސިޓް އަނބުރާ ލިބޭނެ އެވެ. ނަމަވެސް ގޮޅި ކުއްޔަށް ނެގި މުއްދަތުގެ ތެރޭގައި ގޮޅި ދޫކޮށްލައިފިނަމަ އެ ފައިސާ ނުލިބޭ ގޮތަށް އެޗްޑީސީން ވަނީ ހަމަޖައްސާފަ އެވެ.

މި ގޮޅިތަކުގެ ވެރިންނަށް ގޮޅިދޫކޮށް އެއްބަސްވުގައި ސޮއިކުރާތާ ހަފަތާއެއް ނުވަނީސް ގޮޅިތަކުން ހިދުމަތްދޭން ފަށަން ޖެހެއެވެ. ނޫނީ އަނބުރާ ގޮޅިތަށް އެޗްޑީސީން އެ ފަރާތުގެ އަތުން އަތުލައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް