ރަމަޟާންމަހު މާލޭ ސަރަޙައްދުގައި ކޯވިޑް ވެކްސިން ޖެހުން ކުރިއަށްދާނީ ރޭގަނޑު 9 އިން 11 އަށްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ބުނެފިއެވެ.
އެޗް.ޕީ.އޭއިން ބުނީ ރަމަޟާންމަހު މާލޭ ސަރަޙައްދުގައި ކޯވިޑް ވެކްސިން ޖެހުމުގެ ޙިދުމަތް ދޭނީ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލުގައި ކަމަށެވެ.
އެގޮތުން މި ދެ ހޮސްޕިޓަލުންވެސް ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ ރޭގަނޑު 9 އިން 11 އަށް ވެކްސިން ޖެހުން ކުރިއަށްދާނެއެވެ.
އަދި މި ދެ ސެންޓަރުގައިވެސް ޖަހާނީ ފައިޒަރ ވެކްސިނެވެ.
މީގެ އިތުރުން ރަމަޟާންމަހު މާލޭ ސަރަޙައްދުގައި ކޯވިޑް ސާމްޕަލް ނެގުން ކުރިއަށްދާނީ ސިނަމާލޭ ބްރިޖް ކައިރީ ހުރި ޕާކިންގ ޒޯނުގައި ހަދާފައިވާ ސެންޓަރުންނާއި، ވިލިމާލޭ ފްލޫ ކްލިނިކުގެ އިތުރުން ހުޅުމާލޭ ރުއްގަނޑު އެކެއް ސަރަޙައްދުގައި ޤާއިމުކޮށްފައިވާ ސެންޓަރުން ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.
މިގޮތުން މި ތިން ސެންޓަރުންވެސް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ރޭ 9 އިން 11 ސާމްޕަލް ނެގުން ކުރިއަށްދާނެއެވެ.
ހަމައެހެންމެ، ކޯވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނަށް ބޭނުންވާ ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރީގެ އެފް.އޭ.އެމް އިމާރާތުގައި ޤާއިމުކޮށްފައިވާ ޕޮޒިޓިވް ކްލިނިކުގެ ޚިދުމަތް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރު 1 އިން 3 އަކަށް ލިބޭނެ ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.
އަދި ހުކުރު ދުވަހު މި ކްލިނިކު ހުޅުވިފައި ހުންނާނީ މެންދުރު 2 އިން ހަވީރު 4 އަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް