އިޙްޔާ ފޯރަމްގެ ފުރަތަމަ ޕްރޮގްރާމް މިރޭ

1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްގެ ފުރަތަމަ ޕްރޮގްރާމް މިރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. މިރޭގެ މައުޟޫޢުއަކީ "ހެޔޮކަމުގެ ...

03 Apr 2022 | 07:22

1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްގެ ފުރަތަމަ ޕްރޮގްރާމް މިރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިރޭގެ މައުޟޫޢުއަކީ "ހެޔޮކަމުގެ މޫސުމުގެ ފައިދާ ލިބިގަތުމުގައި އަވަސްވެގަންނާށެވެ!" މި މަޢުޟޫޢުއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިރޭގެ ފޯރަމްގައި ބައިވެރިވެ ވަޑައިގަންނަވާނީ އައްޝައިޚް އިލްޔާސް ޙުސައިންއާއި އައްޝައިޚް ނަޞްރުﷲ ޢަލީ ކަމަށެވެ.

މިރެއިން ފެށިގެން ކޮންމެ އާދިއްތަ، ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ ބާއްވާ އިޙްޔާ ފޯރަމްތައް ކުރިއަށްދާނީ ކޮންމެ ރެއަކުވެސް 21:30 އިން 22:30އަށެވެ.

އާދިއްތަ އަދި ބުރާސްފަތި ދުވަހު އިޙްޔާ ފޯރަމްތައް ކުރިއަށްދާނީ މާލެ ސިޓީ، އިސްލާމީ މަރުކަޒުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ބުނީ ހުކުރު ދުވަހުގެ ރޭގެ އިޙްޔާ ފޯރަމްތައް ކުރިއަށް ގެންދާނީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ކަމަށެވެ.

އެގޮތުން 8 އޭޕްރީލްގައި ކުޅުދުއްފުށި ސިޓީގައި، 15 އޭޕްރީލްގައި އައްޑޫ ސިޓީގައި، 22 އޭޕްރިލްގައި ފުވައްމުލަކު ސިޓީގައި، އަދި 29 އޭޕްރިލްގައި ރ. އުނގޫފާރުގައި އިހްޔާ ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް