ހިޔާ ކުލިނެގުން އަދި އިތުރަށް ފަސްކޮށްދޭން މޭޔަރު ގޮވާލައްވައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމު ކޮށްފައިވާ ހިޔާ ފްލެޓްތަކުން ކުލި ދައްކަން ފަށަން ޖެހޭ ތާރީހު ފަސްކޮށް ދިނުމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ. މުއިއްޒު މިހެން ރޭ ކ...

03 Apr 2022 | 07:15

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމު ކޮށްފައިވާ ހިޔާ ފްލެޓްތަކުން ކުލި ދައްކަން ފަށަން ޖެހޭ ތާރީހު ފަސްކޮށް ދިނުމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

މުއިއްޒު މިހެން ރޭ ކުރެއްވި ޓުވީޓެއްގައި މުއިއްޒު ވިދާޅުވީ އްޔިތުންގެ އަތްމަތި އެންމެ ބޮޑަށް ދަތިވެ، އެންމެ ބޮޑަށް ޚަރަދު ބޮޑުވާ މަސް ކަމަށްވާ ރަމަޟާން މަހު ހިޔާ ފްލެޓުގެ ކުލި ނަގަން ފެށުމަކީ އެތައް ހާސް އާއިލާއަކަށް ތަކުލީފް ކުރިމަތިވެގެން ދާނެ ކަމެއް ކަމަށެވެ. އެގޮތުން މި ނިންމުން ބަދަލުކޮށް، ކުލި ދައްކަން ޖެހޭ ތާރީހު ބަދަލުކޮށްދިނުމަށް އެދި ގޮވާލާކަމަށް އެ ޓްވީޓްގައި ވެއެވެ.

މި މަހުން ފެށިގެން ހިޔާގެ ފުލެޓް ތަކުން ކުލި ނަގަން ފަށާފައިވާކަމަށް ބުނެ އެޗްޑީސީން ވަނީ އިއްޔެގައި އިއުލާނެއް ކޮށްފައެވެ.

ހިޔާ ފްލެޓަށް ކުލީގެ ގޮތުގައި މަހަކު 7،500 ރުފިޔާއާއި މެއިންޓަނަންސް ފީގެ ގޮތުގައި މަހަކު 1،000 ރުފިޔާއާ އެކު ޖުމްލަ 8،500 ރުފިޔާ ދައްކަންޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް