ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ރޯދަ މަހުގެ ފުރަތަމަ ދުވަހު ރޯދަ ވީއްލީ މާފުށީ ޖަލުގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.
ކަރެކްޝަންސްއިން ވަނީ މިނިސްޓަރު ގައިދީންނައި ބައްދަލު ކުރައްވާ މަންޒަރި ފެންނަ ފޮޓޯ އާންމު ކުރައްވާފަ އެވެ. އެ ފޮޓޯތަކުގައި ގައިދީންނާއި އެކު ރޯދަ ވީއްލާ ތަނާއި އެމީހުންނާއި ވާހަކަ ދައްކަވާ ތަން ފެނެ އެވެ.
ކަރެކްޝަންސް އިން ބުނީ އިމްރާންގެ އިތުރުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅުވެސް މި ރޯދަ ވީއްލުމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
https://twitter.com/CorrectionsMv/status/1510288598452486147
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް