ރަންބީރާއި އާލިއާ މިމަހު ކައިވެނި ކުރާކަން ޔަގީން ވެއްޖެ

ބޮލީވުޑްގެ އެންމެ ލޯބި ދެ ޖޯޑު ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓް މިމަހު ކައިވެނި ކުރާކަން ޔަގީން ވެއްޖެ އެވެ. އެކި ސަބަބުތަކާއި ހެދި ލަސްވަމުން އަންނަ މި ދެތަރިންގެ ކައިވެނި އެންމެ ފުރަތަމަ ކުރަނ...

03 Apr 2022 | 05:10

ބޮލީވުޑްގެ އެންމެ ލޯބި ދެ ޖޯޑު ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓް މިމަހު ކައިވެނި ކުރާކަން ޔަގީން ވެއްޖެ އެވެ.

އެކި ސަބަބުތަކާއި ހެދި ލަސްވަމުން އަންނަ މި ދެތަރިންގެ ކައިވެނި އެންމެ ފުރަތަމަ ކުރަން އުޅުނީ2020 ވަނަ އަހަރު އެވެ. ކައިވެނި ލަސްވީ ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރު މަރުވުމާއި ކޯވިޑްގެ ހާލަތާއި ގުޅިގެންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ ދެމީހުންގެ ކައިވެނި މިމަހުގެ މެދުތެރޭގައި އޮންނާނެކަން މިހާރު ވަނީ ޔަގީން ކުރެވިފަ އެވެ. ކައިވެނި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ވަރަށް ކުޑަކޮށް ހަމައެކަނި އާއިލާ އާއި ގާތް ރަހުމަތްތެރިންގެ ހާޒިރުގައި ކަމަށް ބުނެފައިވެ އެވެ.

ކައިވެނީގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މުމްބާއީގައި ހުންނަ ރިޝީ ކަޕޫރުގެ ގޭގައި ކަމަށްވެ އެވެ.

ކައިވެނީގެ ހެދުން ޑިޒައިން ކުރުމުގެ މަސައްކަތް ކުރަނީ ސެލެބްރިޓީ ޑިޒައިނާ މަނީޝް މަލޯތްރާ ކަމަށް ބެލެވެ އެވެ. އެއީ ރަންބީރުގެ މަންމަ އޭނާގެ ފިހާރައިން ފެނިފައިވުމާއި މަނީޝް ރަންބީރުގެ ގެއަށް މި ދުވަސްކޮޅު މާ ގިނައިން ދާތަން ފެނުން ފާހަގަވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ދެ ތަރިން ވަނީ ފިލްމީ މަސައްކަތްތަކުންވެސް ބްރޭކެއް ނަގާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް