މިއަދު އިރު އޮއްސުމުގެ ކުރިން ނަރުދޫއަށް ކަރަންޓުދެވޭނެ: ފެނަކަ

ށ. ނަރުދޫ އަށް މިއަދު އިރުއޮއްސުމުގެ ކުރިން ކަރަންޓު ދެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ. ނަރުދޫ އިންޖީނުގޭގައި ހުރި ޖަނެރޭޓަރެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައެއްގައި އެ ރަށަށް ކަރަންޓ...

03 Apr 2017 | 10:22

ށ. ނަރުދޫ އަށް މިއަދު އިރުއޮއްސުމުގެ ކުރިން ކަރަންޓު ދެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ނަރުދޫ އިންޖީނުގޭގައި ހުރި ޖަނެރޭޓަރެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައެއްގައި އެ ރަށަށް ކަރަންޓު ދޭން ބޭނުންނުކުރާ ދެ ޖަނަރޭޓަރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި އެވެ. އެ ހާދިސާގައި މުޅި ރަށުން ކަރަންޓު ކެނޑިފައިވާއިރު އެއްވެސް މީހަކަށް  ގެއްލުމެއް ނުލިބެ އެވެ.

ނަރުދޫއަށް ކަރަންޓު ދިނުމަށް ބޭނުން ކުރަމުން ދިޔައީ 50 ކިލޯވޯޓާއި އާއި 80 ކިލޯވޯޓުގެ ދެ ޖަނަރޭޓާރެވެ.

ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނަރުދޫއަށް ކަރަންޓު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ބާރަށް ކުރަމުން ދާ ކަމަށާއި އިރު އޮއްސެން ވާއިރަށް ކަރަންޓު ދެވޭނެ ކަމަށެވެ. އެ ރަށަށް ކަރަންޓު ދިނުމަށް އެ އަތޮޅު ފޭދޫއިިން 128 ކިލޯވޯޓުގެ ޖަނަރޭޓަރެއް މިހާރު ދަނީ ނަރުދޫއަށް ގެންދަމުންނެވެ.

އެ ކުންފުނިން ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެ ކުންފުނިން ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށްވެސް ހުށަހަޅާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް