ރައުދާގެ އިންސްޓަގްރާމް އެކައުންޓް ކުއްލިއަކަށް ޑިއެކްޓިވޭޓް ކޮށްފި !

ބަނގްލަދޭޝްގައި މަރުވި ރައުދާ އާތިފްގެ އިންސްޓަގްރާމް އެކައުންޓް ކުއްލި ގޮތަކަށް ޑިއެކްޓިވޭޓް ކޮށްފި އެވެ. ރައުދާގެ އެކައުންޓް ކުށްލިގޮތަކަށް ޑިއެކްޓިވޭޓް ކޮށްފައިވާއިރު މިއަދު ހެނދުނުވެސް އެ އެކައުން...

03 Apr 2017 | 10:20

ބަނގްލަދޭޝްގައި މަރުވި ރައުދާ އާތިފްގެ އިންސްޓަގްރާމް އެކައުންޓް ކުއްލި ގޮތަކަށް ޑިއެކްޓިވޭޓް ކޮށްފި އެވެ.

ރައުދާގެ އެކައުންޓް ކުށްލިގޮތަކަށް ޑިއެކްޓިވޭޓް ކޮށްފައިވާއިރު މިއަދު ހެނދުނުވެސް އެ އެކައުންޓް ފެނެ އެވެ. ނަމަވެސް މިހާރު އެ ޕޭޖް ވަނީ ޑިއެކްޓިވޭޓް ކޮށްފަ އެވެ.

ރައުދާގެ އާއިލާއާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވާގޮތުގައި ރައުދާގެ އެޕަލް އައިފޯން 7 އަދި މެކްބުކް ލެޕްޓޮޕް ވަނީ ފުލުހުންގެ އަތުގަ އެވެ. ބަންގްލަދޭޝްގެ ފުލުހުންނާ ހަވާލާދީ ރައުދާގެ އާއިލާ އިން ބުނާ ގޮތުގައި، ރައުދާގެ ފޯނު މިހާތަނަށް އަންލޮކް ކުރެވިފައެއް ނުވެ އެވެ.

އިންސްޓަގްރާމްގެ އާއްމު އުސޫލަށް ބަލާއިރު މަރުވެފައިވާ މީހެއްގެ ޑިއެކްޓިވޭޓް ކުރާނީ މަރުވި މީހާގެ ސެޓްފިކެޓް، އެ މީހެއްގެ އާއިލާއިން އިންސްޓަގްރާމް ކުންފުންޏަށް ހުށަހެޅުމުންނެވެ. ރައުދާގެ އާއިލާ މެމްބަރަކު ބުނެފައިވަނީ މިފަދަ އެއްވެސް ކަމެއް އެ އާއިލާއިން މިހާތަނަށް ކޮށްފައެއް ނުވާނެ ކަމަށެވެ.

އާއިލާއިން މިހެން ބުނެފައިވާއިރު ރައުދާގެ އެކައުންޓަށް އިތުރު ބަޔަކު ވަދެ އެ އެކައުންޓް ޑިއެކްޓިވޭޓް ކޮށްލީ ކަމަށް ބެލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް