ދުނިޔޭގެ އެންމެ ބަރު މީހާއަށް އިޖިޕްޓް ގައި ފަރުވާ ދެވެން ނެތް ކަމަށް ބުނަމުންދާ ވާހަކަތައް މިސްރުގެ ގެ ފިޒީޝަނަކު ދޮގު ކޮއްފިއެވެ. އަލް.
އަރަބިއްޔާ އަށް ޑރ. ޝާރިފް ހަތޫތު ދެއްވި އިންޓަރވިއު އެއްގައި ބުނެފައި ވަނީ އީމާން އެބްޑަލްޓީ ގެ ހާލަތު ދެނެގަތީ އިންޑިޔާ ފިސިޝަނުން ކަމަށާއި އޭނާ ބަރުވާން ދިމާވި ސަބަބަކީ ޖެނެޓިކް ޑީފެކްޓް އެއްގެ ސަބަބުން ވާކަމެށް ކަމަށާއި މި ބައްޔަކީ ފަރުވާއެއް ނެތް ކަމެއް ކަމަށް ބުނެފައި ވާކަމަށެވެ.
" އީމާންގެ ބައްޔަށް ފަރުވާއެއް ނެތް ކަމަށް ބުނަމުންދާ ވާހަކަ އަކީ މުޅިން ހަގީގަތެއް ނޫން. އެހެން ނޫން ނަމަ އޭނާއަށް 150 ކިލޯގްރާމް ލުއި ކުރެވޭން ވީ ކީއްވެ؟" ހަތޫތު އިންޓަވިއު ދެއްވަމުން އެއްސެވި އެވެ.
އަލް-ކަސްރް އަލް އައިނީ ގައި ހުންނަ އެންމެ ބޮޑު، އެންމެ ނަން މަޝްހޫރު، ޤާބިލު އަދި އޮބޭސިޓީ އަށް ހާއްސަ ޑޮކްޓަރުންގެ ޓީމެއް ވާ މެޑިކަލް ސެންޓަރ އިން ހިލޭ އީމާންއަށް ފަރުވާ ހޯދުމަށް ފުރުސަތު ދެއްވި ކަމަށް އަލް އަރަބިއްޔާއަށް މައުލޫމާތު ދެއްވަމުން ހަތޫތު ހާމަކުރެއްވި އެވެ. އަދި އިންޑިޔާއިން ދެވެން އޮތް ކޮންމެ އެހީއެށް އިޖިޕްޓް އިންވެސް ދެވޭނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އޭނާގެ ދައްތަ، އޭނާއަށް ޕަބްލިކް ހޮސްޕިޓަލް އެއްގައި ފަރުވާ ދިނުމަށް އިންކާރު ކޮށް އިންޑިޔާ އަށް ގެންދަން ބޭނުން ވީކަމަށް އޭނާ ވިދާޅުވި އެވެ.
އީމާންގެ ގައިން ނެގިފައިވާ ސާމްޕަލް ތަކަށް ބިނާވެ ކުރެވިގެން ދިޔަ ސްޕެޝަލް ޖީން ސްޓްޑީ އިން ދައްކާ ގޮތުގައި އީމާންގެ ބަރުދަނުގައި ހުންނަ މައްސަލަ އަކީ ލެޕްޓިން ރިސެޕްޓަރ ޖީން ގައި ހުރި މައްސަލަ އެކެވެ. އަދި އޭނާ އަބަދު ބަނޑުހައި ވެފައި ހުންނަނީ މި ޑިފެކްޓް ގެ ސަބަބުން ކަމަށް ވެސް ބުނެ އެވެ.
ޑޮކްޓަރުން ބުނާ ގޮތުގައި އީމާން އަކީ މުޅި ދުނިޔެއިން މި ޖީން ޑީފެކްޓް ހުރި ހަމަ އެކަނި މީހާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް