ހަތް ބުރީގެ އިމާރާތުން ވެއްޓި ސަލާމަތްވި މަސައްކަތު މީހާގެ ވާހަަކަ !

މިއީ ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި އިންޓަނެޓުގައި ފެތުރެމުންދިޔަ ވީޑިއޯއަކާއި ގުޅޭ ވާހަކަ އެކެވެ. މީހަކު ބެލްކަނީގައި އެލިގެން އޮންނަ އެ ވީޑިއޯ އާއި ބެހޭގޮތުން މީޑިއާތަކުން ކުރިން ބުނެފައިވަނީ އެ އަނ...

03 Apr 2017 | 09:42

މިއީ ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި އިންޓަނެޓުގައި ފެތުރެމުންދިޔަ ވީޑިއޯއަކާއި ގުޅޭ ވާހަކަ އެކެވެ. މީހަކު ބެލްކަނީގައި އެލިގެން އޮންނަ އެ ވީޑިއޯ އާއި ބެހޭގޮތުން މީޑިއާތަކުން ކުރިން ބުނެފައިވަނީ އެ އަންހެންމީހާ އަމިއްލައަށް މަރުވާން މަސައްކަތް ކުރީ ކަމަށާއި އެކަން ވީޑިއޯ ކުރީ އެ އަންހެންމީހާގެ ސާހިބު މީހާ ކަމަށެވެ. އަދި އެމީހާ ސަލާމަތް ކުރަން ސާހިބު މީހާ ނޫޅޭ ކަމަށެވެ.

ނަމަވެސް ކުވައިޓް ގައި ހުރި 7 ބުރީގެ އިމާރާތަކުންވެއްޓި ސަލާމަތް ވި އިތިޔޯޕިއާ އަންހެން މީހާ ބުނީ އޭނާ މަސައްކަތް ކުރަމުން ދިޔައީ އަމިއްލަ މީހާ ސަލާމަތް ވުމަށް ކަމަށެވެ.

ވީޑިޔޯ އިން ފެނިގެން ދަނީ އެ އަންހެން މީހާ ކުޑަ ދޮރުން ބޭރަށް އެލިފައި އޮތް ވަގުތު އޭނާގެ ގައިގާ ހިފެހެއްޓުމަށް އެދި ގޮވާ ތަނެވެ. އަދި އޭނާގެ ސާހިބުމީހާގެ ޖަވާބު ވެސް އަޑު އިވިގެން ދެއެވެ. ނަމަވެސް އޭނާ އަށް އެހީއެއް ނުވެ އެވެ.

" އަހަރެން އުޅުނީ އަމިއްލަ އަށް މަރުވާކަށް ނޫން. އަހަރެން އުޅުނީ އަހަރެން މަރާލަން އުޅުނު އަންހެން މީހާ ކައިރިން ސަލާމަތް ވެވޭތޯ" ހޮސްޕިޓަލުގައި ފަރުވާހޯދަމުންދިޔަ އެ މީހާާ ބުނެފައި ވެ އެވެ.

މި މައްސަލައިގާ އެ އަންހެންމީހާގެ ސާހިބުމީހާ މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް