ލ.ފޮނަދޫ އަތިރިމަތީގައި މަރާލާފައި އޮއްވާ ފެނުނު ބިދޭސީ މީހާ، ހަސަނުﷲގެ މަރުގެ މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މި މައްސަލައާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު 24 އަހަރުގެ ބަންގްލަދޭޝްގެ މީހެއް ހަައްޔަަރުކޮށްފައިވާ ކަމަށެވެ.އަދި އެމީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށެވެ. މި މައްސަލާގައި ކުރިންވެސް 3 ބިދޭސީއަކު ހައްޔަރުކޮށް އެމީހުންގެ މައްޗަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ޖަހާފައެވެ.
ފޮނަދޫގައި މަސައްކަތް ކުރާތާ ގާތްގަނޑަކަށް ހަތަރު އަހަރު ވެފައިވާ އުމުރުން 27 އަހަރުގެ ހަސަނުﷲ މަރާލާފައި އޮއްވާ ފެނުނީ ފެނުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:45 އެހައިކަންހާއިރު ފޮނަދޫ ގޮނޑުދޮށުންނެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޮގަންއިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ބައެއް އޮފިސަރުންނާއި ފޮނަދޫގެ ފުލުހުން ގުޅިގެން މިި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް