މޭޑޭގެ މުޒާހަރާގައި ހައްޔަރުކުރި ނާސިރާ ދޫކޮށްލައިފި

އިދިކޮޅު ފަރާތްތަކުނެ ވެގެން 2015 ވަނަ އަހަަރުގެ މޭމަހުގެ އެއްވަނަ ދުވަހު ބޭއްވި މޭޑޭގެ މުޒާހަރާގައި ހައްޔަރުކުރި ލ. ގަން އެއްގަމުގޭ، ނާސިރާ އަލީ  ކްލެމެންސީގެ ދަށުން ދޫކޮށްލައިފިއެވެ. ފުލުހަކަށް ހަމަ...

03 Apr 2017 | 09:13

އިދިކޮޅު ފަރާތްތަކުނެ ވެގެން 2015 ވަނަ އަހަަރުގެ މޭމަހުގެ އެއްވަނަ ދުވަހު ބޭއްވި މޭޑޭގެ މުޒާހަރާގައި ހައްޔަރުކުރި ލ. ގަން އެއްގަމުގޭ، ނާސިރާ އަލީ  ކްލެމެންސީގެ ދަށުން ދޫކޮށްލައިފިއެވެ.

ފުލުހަކަށް ހަމަލާދިން މައްސަލައާއި ގުޅިގެން ފަސްއަހަރަގު ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ނާސިރާ މިއަދު ދޫކޮށްލީ ކަރެކްޝަންސްގެ ބަންދުންނެވެ.

ކަރެކްޝަންސްގެ މީޑިޔާ އޮފިސަރ އަހުމަދު ލުގްމާން ވިދާޅުވީ ނާސިރާ ދޫކޮށްލާފައިވަނީ ޝަރުތުތަކަކާ އެކު އޭނާ ދޫކޮށްލަން ކްލެމެންސީ ބޯޑުން ނިންމި ނިންމުމެއްގެ ދަށުން ކަމަށެވެ.

މޭޑޭގެ މުޒާހަރާގައި ނާސިރާ ހައްޔަރުކުރީ ޗާންދަނީމަގު އިސްކަންދަރު ސްކޫލް ކައިރީ ބިންމައްޗަށް ވެއްޓިފައި އޮތް ފުލުސް މީހަކާ ދިމާލަށް  ކޯކް ހުސްކުރި ފުޅިއެއް އެއްލާލުމުންނެވެ. ނާސިރާގެ އިތުރުންވެސް ގިނަ ބަޔަކު އެ ފުލުސް މީހައަށް ހަމަލާ ދީފައިވާއިރު އެ މައްސަލާގައި ގިނަ ބައެއްގެ މައްޗަށް ޖަލު ހުކުމް ވަނީ އައިސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް