މުޖުތަމައަށް ނުރައްކާ ނޫން ކުދި ކުށްތައް ކޮށްފައިވާ މީހުންނަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން އަދަބު ލުއިކޮށްދޭ އުސޫލެއް ހަދައިފިއެވެ.
ކުދި ކުށްތައް ކޮށްފައިވާ މީހުންނަށް އަދަބު ދިނުމުގެ އުސޫލަށް ބަދަލު ގެނައުމުން މިހާރު އެ އަދަބު ލުއި ކޮށްދެވޭނީ މުޖުތަމައަށް ނުރައްކާ ނޫން މީހުންގެ އަދަބާއި ކުށެއްގެ ދައުވާ އުފުލިފައި ނެތް މީހުންގެ އަދަބެވެ.
ކުރިން ގަވާއިދުގައި އޮންނަ ގޮތުން، ކުދި ކުށްތައް ސާބިތުވެފައި ތިބޭ މީހުންގެ ތެރެއިން ހުކުމުގެ ހަތަރު ބައިކުޅަ އެއްބައި ތަންފީޒުކޮށް ނިންމާފައިވާ މީހުންނަށް ރައީސްގެ އިސް ނެންގެވުމުގައި އަދަބު ލުއިކޮށްދެވުނު ނަމަވެސް މިހާރު އެބައިވަނީ އުވާލާފައެވެ. އެހެންކަމުން ކުދި ކުށްތައް ސާބިތުވެފައި މީހުންނަށް އަދަބު ލުއިކޮށް ދެވޭނީ ސީރިއަސް ކުށެއްގެ ދައުވާ އުފުލިފައި ނެތް މީހުންނަށެވެ.
މި އުސޫލުގެ ގަވައިދުގައި ބުނެފައިވާ ގޮތުން ކުދިކުށްތައް ކޮށްފައިވާ ފަރާތްތަކުންގެ އަދަބު ލުއިކޮށްދިނުމުގައި ރައީސްގެ ލަފާގެ މަތިން ހާއްސަ ކޮމިޓީއެއް އެކުލަވާލަން ޖެހޭނެއެވެ. އަދި އެ ކޮޮމިޓީގައި ހަތް މެމްބަރުން ހިމެނޭއިރު ހޯމް މިނިސްޓްރީ އާއި ކަރެކްޝަނަލް ސާވިސް އާއި ފުލުހުންނާއި އާންމު ދެ މެމްބަރަކާއި މެޑިކަލް ޑޮކްޓަރެއް ހިމަނަންޖެހެއެވެ.
އެ އުސޫލުގެ އަދި ރައީސްގެ އިސްނެންގެވުމުގެ ދަށުން ލުއި އަދަބެއް ދެވޭނީ ކުށްވެރިޔާގެ ބާކީ އޮތް މުއްދަތު ބެލުމަށްފަހު އެކި މީހުންނަށް އެކި މިންވަރަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް