ޓްވިޓާގައި ދީފައި އިންނަ 140 ކެރެކްޓަރސްގެ ލިމިޓް ތެރޭގައި ޓްވިޓާރ ބޭނުންކުރާ ފަރާތްތަކުގެ ޔޫސަރ ނޭމް ދެން ނުހިމެނޭ ގޮތައް ހަދަފާއިވާކަމަށް ޓްވިޓާއިން ހާމަކޮށްފިއެވެ.
ޓްވިޓާއިން ބުނީ މިގޮތައް ހެދީ ޓްވިޓާރ ބޭނުންކުރާ ފަރާތްތަކަށް 140 ކެރެކްޓާރސްގެ ލިމިޓް ބޭނުންކޮށްގެން ބުނަން ބޭނުންވާ އެއްޗެއް ސާފުކޮށް ބުނެދިނުމުގެ ފުރުސަތު އިތުރަށް ތަނަވަސްކޮށް ދިނުމަށެވެ.
މިހާރު މި ގެނައި ބަދަލާއިއެކު، ޓްވީޓްއަކަށް ރިޕްލައި ކުރުމުން ޔޫސާރ ނޭމް ފެންނަން އިންނާނީ ޓްވީޓްގެ މަތީގައެވެ. އަދި އެކަކަށްވުރެ ގިނަ މީހުންނަށް ރިޕްލައި ކުރާކަމުގައިވާނަމަ ފެންނަން އިންނާނީ ޓްވީޓްގެ މަތީގައި އެއް ޔޫސާރނޭމްގެ ނަމާއެކެ ދެން ރިޕްލައިކުރާ މީހުންގެ އަދަދެވެ.
ޓްވިޓާއަށް ގެނައި މި ބަދަލާއިއެކު ޓްވިޓާ ބޭނުންނަކުރާ ބައެއް ފާރަތްތަކުން އުފާކުރާއިރު، އަނެއްބައި ފަރާތްތަކުން އަންނަނީ މިކަމާއި މެދު ހިތްހަމަ ނުޖެހުންފެސް ފާޅުކުރަމުންނެވެ.
https://twitter.com/fromedome/status/847210856911900673
މީގެކުރިން ޓްވިޓާއިންވަނީ، ފޯޓޯ، ގިފްސް، އަދި ޕޯލް ވެސް 140 ކެރެކްޓާރސްގެ ލިމްޓް ތެރޭގައި ނުހިމެނޭ ގޮތައް ހަދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް