ނަރުދޫ އިންޖޭނު ގޭގައި ރޯވެ މުޅި ރަށުން ކަރަންޓު ކެނޑިއްޖެ

ށ. ނަރުދޫ އިންޖީނުގޭގައ ރޯވެ މުޅި ރަށުން ކަރަންޓު ކެންޑިއްޖެ އެވެ. ނަރުދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޝަފީގު ވިދާޅުވީ އެ ރަށުގައި ކަރަންޓޫ ދިނުމަށް ބޭނުން ކުރާ ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރެ...

03 Apr 2017 | 08:07

ށ. ނަރުދޫ އިންޖީނުގޭގައ ރޯވެ މުޅި ރަށުން ކަރަންޓު ކެންޑިއްޖެ އެވެ.

ނަރުދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޝަފީގު ވިދާޅުވީ އެ ރަށުގައި ކަރަންޓޫ ދިނުމަށް ބޭނުން ކުރާ ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރެއްގައި ރޯވެގެން ހިނގި މި ހާދިސާގައި މުޅި ރަށުން ކަރަންޓު ދިޔައީ ހެނދުނު 11:45 ހާއިރު ކަމަށެވެ. އޭނާ ވިދާޅުވީ އަލިފާން ގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި ލިބުނު ގެއްލުން އަދި ނޭނގޭ ކަމަށެވެ.

އަލިފާން ރޯވި އިރު އިންޖީނުގޭގެ ތެރޭގައި މުވައްޒަފަކު ހުރި ކަމަށްވެ އެވެ. އޭނާ އެތަނުން ސަލާމަތްވެފައިވާ އިރު ދިއާރީ މުވައްޒަފުން ނުކުތީ އޮފީހުގެ ބިއްލޫރި ގަނޑެއް ހަލާކު ކޮށްލައިގެންނެވެ

ލުހުން ދަނީ މިހާރު އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް