ރައްޔިތުން ދުޅަ ހެޔޮކޮށް ތިބުމަށް ބާރު އެޅުމަށް ޅައިމަގު ދުވުމެއް ބާއްވައިފި

ހުރިހާ ރައްޔިތުންނަށް އަމާޒުކޮށްގެން "ފަންވަރު ރޯޑް ރޭސް 2017" ގެ ނަމުގައި ށ. ޅައިމަގުގައި ދުވުމެއް ބާއްވައިފި އެވެ. އެކި އުމުރު ފުރާތަކުން 121 މީހަކު މި ދުވުމުގައި ބައިވެރިވި އެވެ. މި ދުވުމުގައި ބައި...

03 Apr 2017 | 07:15

ހުރިހާ ރައްޔިތުންނަށް އަމާޒުކޮށްގެން "ފަންވަރު ރޯޑް ރޭސް 2017" ގެ ނަމުގައި ށ. ޅައިމަގުގައި ދުވުމެއް ބާއްވައިފި އެވެ.

އެކި އުމުރު ފުރާތަކުން 121 މީހަކު މި ދުވުމުގައި ބައިވެރިވި އެވެ. މި ދުވުމުގައި ބައިވެރިން ވަނީ ތިން ކިލޯ މީޓަރުު ދުވެފަ އެވެ.

ފަންވަރު ރޯޑް ރޭސް އިންތިޒާމު ކުރި ޅައިމަގު އެކުވެރިންގެ ރޫހުގެ ފަރާތުން މައުލޫމާތު ދެމުން މުހައްމަދު މުޖާ ބުނީ ދުވުން ބޭއްވުމުގެ މައިގަނޑު މަގުސަދަކީ އެ ރަށުގެ ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ހެދުމަށް ބާރު އެޅުން ކަމަށެވެ. އޭނާ ބުނީ މިއަހަރު ބޭއްވީ ފުރަތަމަ ދުވުން ކަމަށާއި އަންނަ އަހަރު ދުވުން ކުރިޔަށް ގެންދާނީ އިތުރު ބަދަލުތަކަކާއި އެކު ކަމަށެވެ.

އިއްޔެ ހަވީރު ބޭއްވި ދުވުމުން އެއްވަނަ ހޯދީ ހަސަން ހަލީލް އެވެ. އޭނާއަށް އިނާމުގެ ގޮތުގައި 1500 ރުފިޔާ ދީފައިވެ އެވެ. ދެވަނައަށް ދިޔަ އަހުމަދު އައްޒާމް އަށް 1000 ރުފިޔާ ދީފައިވާއިރު ތިން ވަނައަށް ދިޔަ ހުސައިން ފިރުޝާން އަށް 500 ރުފިޔާ ދީފައިވެ އެވެެ.

މިއަހަރުގެ މުބާރާތުގައި ވަނަ ހޮވާފައިވަނީ ހުރިހާ އުމުރު ފުރާއެއް އެއްކޮށްލައިގެންނެވެ. މުޖާ ބުނީ އަންނަ އަހަރު ވަނަ ހޮވާނީ އަންހެން، ފިރިހެން އަދި ކުޑަކުދިންގެ ބައިން ވަކިން ކަމަށެވެ.

ސިއްހީ އަދި ކުޅިވަރަށް ލޯބި ޖެއްސުމުގެ ގޮތުން އެ ރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން އިތުރު ހަރަކާތްތަކެއް ޅައިމަގު އެކުވެރިންގެ ރޫހުން ކުރިޔަށް އޮތްތާ ކުރިޔަށް ގެންދާނެ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް