ނުކުޅެދޭ މީހަކަށް އެހީވި ވެއިޓަރަކަށް ނަރުހެއްގެ ވަޒީފާ ލިބިއްޖެ

އެމެރިކާގައި ވެިއޓަރެއްގެ ވަޒީފާ އަދާ ކުރަމުންދިޔަ މީހަކު އެ ރެސްޓޯރަންޓަށް ދިޔަ ނުކުޅެދޭ އަންހެނަކަށް ކެއުމުގައި އެހީވެދިނުމުން އޭނާ ކުރި ހެޔޮކަމުގެ ނަތީޖާއަކަށް ނަރުހެއްގެ ވަޒީފާ ލިބިއްޖެ އެވެ. ޖޯއީ...

03 Apr 2017 | 05:32

އެމެރިކާގައި ވެިއޓަރެއްގެ ވަޒީފާ އަދާ ކުރަމުންދިޔަ މީހަކު އެ ރެސްޓޯރަންޓަށް ދިޔަ ނުކުޅެދޭ އަންހެނަކަށް ކެއުމުގައި އެހީވެދިނުމުން އޭނާ ކުރި ހެޔޮކަމުގެ ނަތީޖާއަކަށް ނަރުހެއްގެ ވަޒީފާ ލިބިއްޖެ އެވެ.

ޖޯއީ ތޯމަސް ކިޔާ އެ ވެއިޓަރު ނުކުޅެދޭ މީހާއަށް ކާންދޭ މަންޒަރު ފޮޓޯނެގުމަށްފަހު އެ ރެސްޓޯރެންޓުގެ ފޭސްބުކް ޕޭޖަށްލުމުން ދުނިޔޭގެ ގިނަ ބައެއްގެ ނަޒަރު ތޯމަސް އަށް ހުއްޓުނެވެ. މި ފޮޓޯ ޕޯސްޓު ކޮށްފައިވަނީ އެ ރެސްޓޯރެންޓަށް ދިޔަ ކަސްޓަމަރެކެވެ.

ނަތީޖާއަކަށް ވެގެންދިޔައީ ތޯމަސް ކުރި ހެޔޮ އަމަލުގެ ބަދަލުގައި އޭނާއަށް ނަރުހެއްގެ ވަޒީފާ ލިބިގެން ދިއުމެވެ. ނުކުޅެދޭމީހުންނަށް އެފަދަ ކުލުނެއް ދައްކައި އެހީވެވޭ މީހަކަށް ނަރުހަކަށް ވެވިދާނެކަމުގެ އެއްވެސް ޝައްކެއް ނެތެވެ. އެކަމަކު ވަޒީފާ ލިބުނު ތަނެއް ނޭނގެ އެވެ.

ތޯމަސް މީޑިއާގައި ބުނެފައިވަނީ އަންހެން މީހާ އެތަނަށް ވަރަށް ގިނައިން ކާންދާ ކަމަށާއި ދަނީ ފިރިމީހާ އާއި އެކު ކަމަށެވެ. އެކަމަކު ކޮންމެ ފަހަރަކު ފިރިމީހާ ކެއުން ހުއްޓާލާފައި އަންހެނުން ކެއުމަށް އެހީވާން ޖެހޭތީ އެ ދެމީހުންނަށް ހިތްހަމަ ޖެހިލައިގެން ކެވޭނެ ގޮތް ހަދައި ދިނުމަށް އޭނާ ނުކުޅެދޭ މީހާއަށް ކެއުމުގައ އެހީތެރިވެދިނީ ކަމަށެވެ.

ފޮޓޯ ޕޯސްޓު ކުރި މީހާ ބުނާ ގޮތުގައި އޭނާ އެ ފޮޓޯ ޕޯސްޓު ކޮށްފައިވަނީ ތޯމަސް ކުރި ހެޔޮ ކަންތައް ރެސްޓޯރަންޓުގެ ވެރިންނަށް އެންގުމަށެވެ. އަދި ގިނައިން އެކަހަލަ ރެސްޓޯރެންޓުތަކަށް ލިބެނީ ނެގެޓިވް ކޮމެންޓް ކަމަށާއި އޭނާ ބޭނުންވީ ރަގަޅު ޕޯސްޓެއް ކޮށްލަން ކަމަށްވެސް އެ މީހާ ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް