ސޮނީ އެންޓަޓެއިންމަންޓްއިން ގެނެސްދޭ ރިއަލިޓީ ޓީވީ ޝޯ އިންޑިއަން އައިޑޯލްގެ ސީޒަން 9 ގެ އެއްވަނަ އެލްވީ ރޭވާންތް ހޯދައިފިއެވެ.
ރޭވާންތް އިންޑިއަން އައިޑޮލް ކާމިޔާބުކުރީ ފިނާލޭގައި ޕީވީއެންއެސް ރޯހިތު އާއި ޚުދާ ބަކްޝްއާ ވާދަކޮށް، ޖަޖުންގެ މާކްސްއާއި ބެލުންތެރިންގެ ވޯޓުން އެންމެ މަތިން ހޯދައިގެންނެވެ.
ރޭ ކުރިއަށް ދިޔަ އިންޑިއަން އައިޑަލްގެ ގްރޭންޑް ފިނާލޭގައި ރޭވާންތް އަށް ޓްރޮފީއާއި 25 ލައްކަ ރުޕީޒްގެ ފައިސާގެ ޗެކް ހަވާލުކޮށްދެއްވީ އިންޑިއާގެ މަޝްޙޫރު ކްރިކެޓް ކުޅުންތެރިޔާ ސަޗިން ޓެންޑުލްކަރްއެވެ. މީގެ އިތުރުން ރޭވާންތްއަށް ވަނީ މަހިންދުރަ ކޭޔޫވީ 100ގެ ކާރަކާއި ސޮނީ މިއުޒިކްއާއި އެއްކޮން ލަވަކިޔުމުގެ ކޮންޓުރެކްޓެއްވެސް ލިބިފައެވެ.
އެލްވީ ރޭވާންތްއަކީ ދެކުނު އިންޑިއާގެ އަންދުރަޕްރަދޭޝްއަށް އުފަން ލަވަކިޔުންތެރިއެކެވެ. މީގެ ކުރިން އޭނާވަނީ ބައެއް ތެލުގޫ ފިލްމުތަކަށްވެސް ވަރަށް ކާމިޔާބު ލަވަތަކެއް ކިޔާދީފަވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް