ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން ވީޑިއޯއެއް އާއްމު ކޮށްފި އެެވެ.
މަތީގައިވާ ވީޑިޔޯގައި ފެންނަ މީހާއަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރާ މަކަރާއި ހީލަތުގެ މައްސަލައަކާއި ގުޅިގެން ހޯދަމުންދާ މީހެއްކަމަށް ފުލުހުންގެ މީޑިޔާއިން މަޢުލޫމާތު ދެއެވެ.
މި މީހާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ވީހާވެސް އަވަހަށް ފުލުހުންނަށް އެކަން އެންގުމަށް ފުލުހުންވަނީ ހާމަކޮށްފަ އެވެ. އެގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ގުޅުއްވާނީ ފުލުހުންގެ ހޮޓްލައިން 3321111 ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ނަންބަރު 9631696 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް