ބޮބް ޑިލަންއަށް ނޯބަލް ޕްރައިޒް އެވޯޑް ހަވާލުކޮށްފި

ސްވިޑިޝް އެކަޑަމީއިން ދޭ ނޯބަލް ޕްރައިޒް އެވޯޑް އެމެރިކާގެ މަޝްޙޫރު ފޯކް ރޮކް ލަވަކިޔުންތެރިޔާ އަދި ޅެންވެރިޔާ ބޮބް ޑިލަންނަށް ހަވާލު ކޮށްފި އެވެ. ބޮބް ޑިލަން އަށް މި އެވޯޑް ލިބުނުކަން ހާމަކުރީ މިދިޔަ...

03 Apr 2017 | 05:12

ސްވިޑިޝް އެކަޑަމީއިން ދޭ ނޯބަލް ޕްރައިޒް އެވޯޑް އެމެރިކާގެ މަޝްޙޫރު ފޯކް ރޮކް ލަވަކިޔުންތެރިޔާ އަދި ޅެންވެރިޔާ ބޮބް ޑިލަންނަށް ހަވާލު ކޮށްފި އެވެ. ބޮބް ޑިލަން އަށް މި އެވޯޑް ލިބުނުކަން ހާމަކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައިއެވެ. އޭނާއަށް މި އެވޯޑު ލިބިފައިވާނީ ލިޔުންތެރިކަމުންނެވެ.

މީޑިއާ އަދި އާންމުނަށް ހުޅުވާނުލާއި ސްޓޮކްހަމްގައި މިއަދު ބޭއްވި ކުޑަކުޑަ ހަފްލާއެއްގައި ޑިލަންއަށް މި އެވޯޑު ހާވާލުކުރީ ސްވެޑިޝް އެކަޑާމީގެ 12 މެމްބަރުންގެ ހާޒިރުގައެވެ. ސްވެޑިޝް އެކަޑަމީއިން ބުނެފައިވާނީ ޑިލަންއަކީ އެމެރިކާގެ ލަވައާއި ޅެން ލިޔުންތެރިކަމަށް ވަރަށް ގިނަ އާ ގޮތްތަކެއް ތައާރަފް ކޮށްދިން މޮޅު ލިޔުންތެރިއެކެވެ.

ބޮބް ޑިލަންއަކީ ލަވައާއި ޅެން ލިއުންތެރީންގެ ތެރެއިން ނޯބަލް ޕްރައިޒް އެވޯޑް ލިބުނު ފުރަތަމަ މީހާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް