ޒަހަރުއަޅާފައި ހުރި ކާނާ ދީގެން ޕާކިސްތާންގު ސޫފީ މުސްލިމުންގެ މިސްކިތެއްގައި 20 މީހުން މަރާލައި އިތުރު ބަޔަކު ޒަހަމްކޮށްލައިފިއެވެ.
ޕަންޖާބް ޕްރޮވިންސްގެ ސަރުގޮދާ ސިޓީގައި ހުންނަ މި މިސްކިތުގައި، ބައެއް މީހުންނަށް ވަޅިންނާއި ދަނޑިބުރިންވެސް ހަމާލާ ދީފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހާދިސާއިން އިން ސަލާމަތްވި ހަތަރު މީހަކު ވަގުތުން ފުލުހުންނަށް މައްސަލަވަނީ ރިޕޯޓްކޮށްފައެވެ. ފުލުހުން މި މައްސަލާގަ ތަހުގީގައް ތުހުމަތު ކުރެވޭ ފަސް މީހާކު މިހާތަނަށް ހައްޔަރު ކޮށްފައި ވެއެވެ. މި ހަމަލާ ދިން ކަމަށް ފުލުހުން ތުހުމަތު ކުރަނީ މިސްކިތް ބަލެހެއްޓުމާއި މިހާރު ހަވާލުވެ ހުރި ވަޙީދު ނަމަކަށް ކިޔާ މީހާކަށެވެ.
ފަކީސްތާން ފުލުހުން އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދިންގޮތުގައި މިސްކިތް ބެލެހެއްޓުމާއި ހަވާލުވެހުރި މީހާއަކީ ސިކުނޑި ހަމަޖެހޭ މީހެއް ނޫނެވެ. އަދި އޭނާ ކުށަށް އިއުތިރާފުވި ކަމަށްވެސް ފުލުހުން ބުނެފާވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް