ސައުދީ ޖެނެރަލެއް ކަމުގައިވާ ޖެނެރަލް އަހްމަދު އަސީރީ އިނގިރޭސިވިލާތަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އޭނާގެ ގައިކޮޅަށް އެކްޓިވިސްޓަކު ބިސް ޖެހި މައްސަލައިގާ އިނގިރޭސިވިލާތުން ސައުދީ އަރަބިއްޔާކުރެން މާފަށް އެދިއްޖެ އެވެ.
އަރަބި ބައެއް ނޫސްތަކުގައިވާގޮތުން އިނގިރޭސިވިލާތުން މިކަމަށް މާފަށް އެދިފައިވަނީ އިނގިރޭސި ފޮރިން ސެކްރެޓަރީ ބޮރިސް ޖޯންސަން، ސައުދީ ޑެޕިއުޓީ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން އަށް ފޯނުން ގުޅުއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އަސީރީގެ ގައިކޮޅަށް ބިސް ޖަހާފައިވަނީ ހަނގުރާމަތަކާއި ދެކޮޅަށް އަޑުއުފުލާ އެކްޓިވިސްޓްތަކުގެ ތެރެއިން އެކްޓިވިސްޓެކެވެ. އަސީރީ އަކީ ޓެރަރިޒަމް ނައްތާލުމަށް ސައުދީ އަރަބިއްޔާއިން އިސްވެ އޮވެ އެކުލަވާލާފައިވާ ކޯލިޝަންގެ ތަރުޖަމާނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް