ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ސަލްމާން ހާން އާއި އޭނާގެ އާއިލާ ފުރައިފި

ބޮލީވުޑް ތަރި ސަލްމާން ޚާން އާއި އޭނާގެ އާއިލާ އަދި އޭނާގެ ސިއްރު ލޯބިވެރިޔާ އިއުލިއާ ވަންތޫރު، ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ގައުމަށް ގޮސްފި އެވެ. ބޮލީވުޑް ހަބަރުތައް ގެނެސްދޭ ނޫހެއް ކަމ...

03 Apr 2017 | 01:12

ބޮލީވުޑް ތަރި ސަލްމާން ޚާން އާއި އޭނާގެ އާއިލާ އަދި އޭނާގެ ސިއްރު ލޯބިވެރިޔާ އިއުލިއާ ވަންތޫރު، ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ގައުމަށް ގޮސްފި އެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ ނޫހެއް ކަމުގައިވާ ޕިންކްވިލާގައި ބުނެފައިވާގޮތުން ސަލްމާން އާއި އޭނާގެ އާއިލާ އަދި އޭނާގެ ލޯބިވެރިޔާ އިންޑިއާއަށް ގޮސްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ސަލްމާން އާއި އޭނާގެ އާއިލާ ރާއްޖެ އައިސްފައިވަނީ އޭނާގެ ކޮއްކޮ އަރްޕިތާގެ ދަރި އާހިލްގެ ފުރަތަމަ އުފަންދުވަސް ފާހަގަ ކުރުމަށެވެ. ސަލްމާން ހާންއާއެކު މި ދަތުރުގައި އޭނާގެ އަންހެން ކޮއްކޮ އަރްޕިތާ އާއި އަރްބާޒް ހާނާއި މަލާއިކާ އަރޯރާ އާއި ސީމާ، އަރްހާން، ނިރްވާން، ޔޯހާން، އަޔާން، އަލްވީރާ، އަތުލް އަދި ސަލްމާންގެ ބައްޕަ ސާލިމް އާއި މަންމަ، ހެލެންވެސް ދަތުރުގައި ބައިވެރިވެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް