ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ގެނައި ބޭރު ސީއީއޯ މަގާމުން ވަކިކޮށްފިއެވެ.
މިކަން ހާމަކޮށް ޕްރައިވަޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިރޭ ބުނެފައިވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމުގައި ހުންނެވި ޑޮކްޓަރ ވިޓާލީ ލިއުބިމޮވް މިއަދު އެ މަޤާމުން ވަކިކޮށްފައިވާ ކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވާކަމަށެވެ.
މިފްކޯގެ ސީއީއޯގެ މަގާމަށް ޑރ. ވިޓާލީ ލުބިމޯވް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް