އިންޑިއާ ޑޮޓް ކޮމް އިން ބުނަނީ ރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވީ ގުޖުރާތީން ކަމަށް – ރާއްޖެ ބިނާކުރީ ހިންދޫއިން ކަމަށް !

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވީ އިންޑިއާގެ ގުޖުރާތީން ކަމަށާއި ދިވެހިރާއްޖެއަކީ ހިންދޫއިން ބިނާކުރި ޤައުމެއް ކަމުގައި އިންޑިއާ ޑޮޓް ކޮމް އިން ބުނެފިއެވެ. އިންޑިއާ ޑޮޓް ކޮމްގެ މިއަދުގެ އަ...

03 Mar 2025 | 15:50

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވީ އިންޑިއާގެ ގުޖުރާތީން ކަމަށާއި ދިވެހިރާއްޖެއަކީ ހިންދޫއިން ބިނާކުރި ޤައުމެއް ކަމުގައި އިންޑިއާ ޑޮޓް ކޮމް އިން ބުނެފިއެވެ.

އިންޑިއާ ޑޮޓް ކޮމްގެ މިއަދުގެ އަދަދުގައި ނިވެދީތާ ދާޝް ނަމަކަށްކިޔާ ނޫސްވެރިޔަކު ލިޔެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ތާ އަބަދުހެން އިންޑިއާއިން ރާއްޖެއަށް އެހީތެރިވަމުން ދިޔަނަމަވެސް ދިވެހިން މިހާރު އުޅެނީ އިންޑިއާއާއި ޖެހިގެނަނެގެން ކަމަށެވެ.

"އިންޑިއާ ކަނޑުގައި 1200 އެއްހާ ރަށަށް ބެހިގެންވާ ރާއްޖޭގައި މީހުން ދިރިއުޅެނީ 200އެއްހާ ރަށުގައި، 12 ވަރަކަށް ރަށަކީ ރިސޯޓްތައް، އަހަރަކު ހަ ލައްކަ ފަތުރުވެރިން ޒިޔާރަތްކުރާއިރު ރާއްޖޭގެ އިގްތިސޯދު ބިނާވަނީ އިންޑިއާ ފަތުރުވެރިންނަށް" އެ ރިޕޯޓްގައި ލިޔެފައިވެއެވެ.

އެ ރިޕޯޓްގައި ބުނެފައިވަނީ 12 ވަނަ ގަރުނުގައި ދިވެހި ރާއްޖޭގައި ވެރިކަން ކުރީ ހިންދޫ ރަސް ރަސްކަލުން ކަމަށާއި މިހާރު މުސްލިމް ޤައުމެއްގެ ގޮތުގައި އޮތް އިރު މިހާރު މުސްލިމަކަށް ނޫނީ ރާއްޖޭގެ ރަށްވެއްސަކަށްވެސް ނުވެވޭ ކަމަށެވެ.

އެ ރިޕޯޓްގައި ބުނެފައިވަނީ ރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވީ ގުޖުރާތީން ކަމަށް ތާރީހު ހެކިދޭ ކަމަށާއި އެންމެ ފުރަތަމަ ރާއްޖޭގައި ދިރިއުޅުނު މީހުންނަށް ކިޔާ އުޅެނީ "ދޭވީ" އިން ކަމަށްވެސް ބުނެފައިވެއެވެ.

ސޯޝަލް މީޑިއާގައި އެތައް މިލިޔަނުން ފޮލޯވާސް ހިމެނޭ އިންޑިއާ ޑޮޓް ކޮމްގެ އެ އާޓިކަލްގެ މަގުސަދަކީ ދިވެހި ރާއްޖެއަކީ އެ ޤައުމުގެ އަވަށެއް ނުވަތަ ސްޓޭޓެއް ނުވަތަ އެ ޤައުމަށް ތަބާވާން ޖެހޭ ބައެއްކަމުގައި ދެއްކުން ކަމުގައި ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް