މެލޭޝިޔާގައި ދިވެއްސަކު ގެއްލިގެން ހޯދަނީ

މެލޭޝިޔާގައި ދިރިއުޅެމުން އަންނަ ދިވެއްސަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. މިކަން ޚާރިޖީ ވުޒާރާއިން ކަށަވަރުކޮށްދެއެވެ. ގެއްލިގެން ހޯދަމުން އަންނަނީ އަހްމަދު އުސައިދު އިބްރާހިމް އަފީފް ނ...

03 Mar 2025 | 11:10

މެލޭޝިޔާގައި ދިރިއުޅެމުން އަންނަ ދިވެއްސަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަން ޚާރިޖީ ވުޒާރާއިން ކަށަވަރުކޮށްދެއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ އަހްމަދު އުސައިދު އިބްރާހިމް އަފީފް ނަމަކަށް ކިޔާ ފިރިހެނެކެވެ.

އުސައިދު ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، މައުލޫމާތު ލިބިފައިވާގޮތުގައި އެންމެ ފަހުން އުސައިދުގެ ޚަބަރެއް ވެފައިވަނީ އިއްޔެ މެންދުރުން އަނބުރާ 03:00 ހާއިރުގައެވެ.

އުސައިދު ހޯދުމަށް އުސައިދުގެ އާއިލާއިން އަންނަނީ އުސައިދުގެ ފޮޓޯއާއެކު ސޯޝަލް މީޑިއާގައި އާންމުންގެ އެހީތެރިކަމަށް އެދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް