މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލޭ ދެވަނަ ފިޔަވަހިން ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ ބ. ކަމަދޫ / މިނާ، އިބްރާހީމް ޝާއިން ސަޢީދު (20އ) އެވެ.
ފުލުހުން ބުނެފައިވާގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ފެބުރުވަރީ 27 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފުލުހުން ހިޔާ ޓަވަރު 3 ޕެޓްރޯލް ކުރަމުންދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ގާނޫނާއި ގަވާއިދާ ހިލާފު އެއްޗެއް ގެންގުޅޭކަމަށް ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުމާ ގުޅިގެން ކަމަށެވެ.
"ހިޔާ ޓަވަރު 3 ގެ 24 ވަނަ ފަންގިފިލާގެ އުތުރުފަރާތު ސިޑިގޮޅި ކައިރިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 42 ރަބަރު ޕެކެޓާއި ހަތް ސެލޯފިންކޮޅު ފެނިފައިވޭ، މިތަކެތީގެ ވަގުތީ ބަރުދަނަކީ 10.98 ގުރާމް" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި އިބްރާހީމް ޝާއިން ސަޢީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ފެބުރުވަރީ 28 ވަނަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް