ނައިޖީރިޔާގެ މަޖިލިސް މެންބަރަކު ރޯދަ ހަދިޔާގެ ގޮތުގައި ދޮނަޅައައި ކުދިބަތް ބެހުމުން ދާއިރާގެ ރައްޔިތުން ރުޅިގަދަވެއްޖެ

ނައިޖީރިޔާގެ ކާނޯ ސްޓޭޓްގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރަކު އެ މެންބަރުގެ ދާއިރާގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ދޮނަޅަ އާއި ކުދިބަތް ބެހުމުން އެ ރައްޔިތުން ރުޅިގަދަވެ އެކަމަށް ފާޑުކިޔައިފިއެ...

03 Mar 2025 | 09:26

ނައިޖީރިޔާގެ ކާނޯ ސްޓޭޓްގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރަކު އެ މެންބަރުގެ ދާއިރާގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ދޮނަޅަ އާއި ކުދިބަތް ބެހުމުން އެ ރައްޔިތުން ރުޅިގަދަވެ އެކަމަށް ފާޑުކިޔައިފިއެވެ.

ގަދަ އަވީގައި ދިގު ކިޔޫގައި ޖެހިގެން ރޯދަ ހަދިޔާ ހޯދި މީހުންނަށް ލިބުނީ ދޮނަޅަ ކޮތަޅަކާއި ކުދިބަތް ކޮތަޅެއް ކަމަށް އެ ދާއިރާގެ ރައްޔިތުން ބުނެފައިވެއެވެ. އަދި އެ ރައްޔިތުންނަކީ އަސްތަކެއްގެ ގޮތުގައި މެންބަރު ސިފަކުރީ ކަމުގައި އެ ރައްޔިތުން ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ.

އެ މެންބަރަށް ފާޑުކީ ބައެއް ރައްޔިތުން ބުނެފައިވާގޮތުގައި އެހެން ސްޓޭޓްތަކުގެ މެންބަރުން ރޯދަ ހަދިޔާގެ ގޮތުގައި ސައިކަލާއި ބިމާއި އަދި ބޭނުންތެރި އެހެން އިތުރު އެތަކެއް ސާމާނެއް ބެހިއެވެ. ނަމަވެސް މުކްތާރު ޔަރީމާ ނަމަކަށްކިޔާ އެ މެންބަރަށް ބަހަން އެނގުނީ ދޮނަޅައާއި ކުދިބަތް ކަމަށްބުނެ ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް