500 އަށްވުރެ ގިނަ ދަރިވަރުންނާއެކު ފަލާޙް ޤުރްއާން މުބާރާތް މިއަދު ފަށައިފި

ޖަމުޢިއްޔަތުލް ފަލާޙްގެ ފަރާތުން ކޮންމެ ރަމަޟާން މަހަކު ބާއްވަމުން އަންނަ ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތް 03 މާރިޗް 2025 ގެ ހެނދުނު ގައި ޖަމުޢިއްޔަތުލް ފަލާޙް ގައި ފަށައިފިއެވެ. އެ ޖަމުޢިއްޔާއިން ...

03 Mar 2025 | 09:04

ޖަމުޢިއްޔަތުލް ފަލާޙްގެ ފަރާތުން ކޮންމެ ރަމަޟާން މަހަކު ބާއްވަމުން އަންނަ ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތް 03 މާރިޗް 2025 ގެ ހެނދުނު ގައި ޖަމުޢިއްޔަތުލް ފަލާޙް ގައި ފަށައިފިއެވެ.

އެ ޖަމުޢިއްޔާއިން މިއަދުބުނެފައިވާގޮތުގައި މި މުބާރާތަކީ ޖަމުޢިއްޔަތުލް ފަލާޙްގެ ކީރިތި ޤުރްއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުވުނީ މާލެ، ވިލިމާލެ އަދިހުޅުމާލެ، ޕްރައިމަރީ، ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީ ސްކޫލްތަކަށެވެ.

"މުބާރާތުގައި ބައިވެރިވީ 24 ސްކޫލަކުން 532 ދަރިވަރުން، ކިޔެވުމަށް ހަމަޖެހިފައިވަނީ ހިތުން ކިޔެވުމުގެ ގޮފިންނާއި ބަލައިގެން ކިޔެވުމުގެ ގޮފިންން، ހިތުން ކިޔެވުމުގެ ގޮފިން 184 އަދި ބަލައިގެން ކިޔެވުމުގެ ގޮފިން 348 ދަރިވަރުން ބައިވެރިވި" އެ ޖަމުޢިއްޔާއިން ބުނެފައިވެއެވެ.

ޖަމުޢިއްޔަތުލް ފަލާޙުން ފާހަގަކޮށްފައިވާގޮތުގައި މުބާރާތުގެ މަގުސަދަކީ ދަރިވަރުންގެ މެދުގައި ކީރިތި ޤުރްއާނަށް ލޯބި ޖެއްސުމާއި ކީރިތި ޤުރްއާން ހިތުދަސް ކުރުމަށް ހިތްވަރު ދިނުމާއި ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ކީރިތި ޤުރްއާން ކިޔަވަން ދަންނަ ގިނަ ދަރީންތަކެއް އުފެއްދުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް