ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބާބަކިއު އޭރިއާއެއް ގާއިމުކޮށްދީފި އެވެ.
މިކަން ހާމަކޮށް އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ބާބަކިއު އޭރިއާއެއް ޤާއިމުކޮށްދީފައިވާ ކަމަށެވެ.
އަދި މި ސަރަހައްދު ރަސްމީކޮށް ހުޅުވުމުގެ ގޮތުން ހިޔާ ސަރަހައްދު ގައި ދިރިއުޅޭ އާންމުންނަށް ބާބަކިއު އިވެންޓެއް ވަނީ އެޗްޑީސީގެ ފަރާތުން ބާއްވާފައި ކަމަށް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.
މިއަދު ހަވީރު ކުރިއަށްދިޔަ މި އިވެންޓުގައި ހިޔާ ކޮމިއުނިޓީ ތަކުގެ ބޭފުޅުންނާއި، އަދި އެޗްޑީސީގެ އިސްވެރިން ބައިވެރި ވެފައި ވެއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ބާބަކިއު ހަދާނެ ސަރަހައްދެއް ގާއިމުވެގެން ދިއުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިގެންދާނެ އިތުރު ފަސޭހަ ކަމެއްކަމުގައި އެޗްޑީސީން ބުނެފައި ވެއެވެ.
ހިޔާ ސަރަހައްދުގައި މިހާރު ކުރަމުންދާ ގިނަގުނަ މަސައްކަތްތައް ކުރުމުގައި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ހިޔާލާއި މަޝްވަރާ ހޯދައި، ރައްޔިތުން ބޭނުންވާ ގޮތަށް އެސަރަހައްދަށް ތަރައްޤީ ގެނައުމަކީ އެޗްޑީސީގެ އަމާޒެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް