ގެއްލިގެން ހޯދަމުން ދިޔަ އާރިފް ފެނިއްޖެ

ވީނުވީ އެއް ނޭނގި ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުން ދިޔަ ސ. ހުޅުދޫ / ސަނީލޮޖް، ޢަލީ އާރިފް (46އ) މިހާރު ވަނީ ފެނިފައި ކަމަށް ފުލުހުން ބުނެފިއެވެ. އަދި މިއަދުގެ ހަވީރުގެ ވަގުތެއްގަ...

03 Mar 2023 | 16:25

ވީނުވީ އެއް ނޭނގި ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުން ދިޔަ ސ. ހުޅުދޫ / ސަނީލޮޖް، ޢަލީ އާރިފް (46އ) މިހާރު ވަނީ ފެނިފައި ކަމަށް ފުލުހުން ބުނެފިއެވެ.

އަދި މިއަދުގެ ހަވީރުގެ ވަގުތެއްގައި އަލީ އާރިފް ވަނީ މާލެ އައިސްފައި ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށާއި މިހާރު ވަނީ އާއިލާ އާއި ގުޅިފައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މާލޭގައި މިހާރު ދިރިއުޅޭ އަލީ އާރިފް ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ފެބުރުވަރީ 16 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށް ފުލުހުން އިއްޔެ ބުނެފައި ވެއެވެ.

މީގެ އިތުރުން އެންމެ ފަހުން އާއިލާއަށް ހަބަރު ވެފައި ވަނީ 2022 ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށާއި އޭނާއަކީ ކަންނެލި މަސްވެރިކަމަށް ގޮސްއުޅޭ މީހެއްކަމަށް އޭނާގެ އާއިލާ އިން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން އިއްޔެ ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް