ކުޑަކުދިންތަކަކަށް ޖިންހޯ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިތިބި ރިހުލާ-ޔުނާން (ދެމަފިރިން)ގެ ތެރެއިން ރިހުލާ ބަންދުން ދޫކޮށްލައިފިއެވެ.
ރިހުލާ ދޫކޮށްލާފައިވަނީ ޝަރުތު ތަކަކާއެކުގައެވެ.
އިތުބާރުހިފޭ މަގާމެއްގައި ހުރެ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި މި ދެމަފިރިން ހައްޔަރުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އެ މައްސަލައިގާ މި ދެމަފިރިންގެ މައްޗަށް ޕީޖީން ދައުވާވެސް އުފުލާފައިވެއެވެ. މި ދައުވާގެ ޝަރީއަތްތައް ހުޅުމާލޭ ކޯޓުގައި ކުރިއަށް އެބަ ދެއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ރިހުލާ ދޫކޮށްލީ ބަލިވެ އިނުމުންނެވެ. އަދި ސިއްހީ ހާލަތަށްވެސް ރިއާޔަތްކުރުމަށްފަހުގައެވެ.
ޝަރުތު ތަކަކާއެކު ރިހުލާ ބަންދުން ދޫކޮށްލިއިރު މައްސަލައިގާ ހިމެނޭ ކުޑަކުދިންނާއި އަދި މައްސަލައިގާ ހެކިބަސް ދޭން ތިބި މީހުންނާއި ބައްދަލުނުކުރުމަށް ޝަރުތުކޮށްފައިވެއެވެ.
ޔުނާން އާއި ރިހުލާ ބަންދުގައި ތިބީ ހިނގަމުންދާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް