ދުނިޔޭގެ ޒީނަތްތެރި ކަމަކީ މީހާ އޭނާގެ ވެރި ރަސްކަލާންގެ މަތިން ހަނދުމަކުރުމުން އެއްކިބާ ކުރާކަމެއް - ހުކުރު ޚުތުބާ

ދުނިޔޭގެ ޒީނަތްތެރި ކަމަކީ މީހާ އޭނާގެ ވެރި ރަސްކަލާންގެ މަތިން ހަނދުމަކުރުމުން އެއްޖިބާ ކުރާ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. "ޙަޤީޤީ ހަޔާތަކީ އުޚްރަވީ ހަޔާތް" މި މައުޟޫއަށް ރާއްޖ...

03 Mar 2023 | 08:31

ދުނިޔޭގެ ޒީނަތްތެރި ކަމަކީ މީހާ އޭނާގެ ވެރި ރަސްކަލާންގެ މަތިން ހަނދުމަކުރުމުން އެއްޖިބާ ކުރާ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ޙަޤީޤީ ހަޔާތަކީ އުޚްރަވީ ހަޔާތް" މި މައުޟޫއަށް ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު އިއްވި ޚުތުބާގައި ބުނީ ދުނިޔެއަކީ ނުހަނު ކެހިވެރި ތަނަކަށް ވީ ހިނދުު ދުނިޔޭގެ އެދުންތަކާއި މެދު ވިސްނުމެއް ނުބަހައްޓައި އުޅެން ފަށައިފި ނަމަ ތިމާ އެންމެ ފަހުން އެ ކެހިވެރިކަމުގައި ޖެހޭނޭކަމަށެވެ.

" ދުނިޔޭގެ ދިރިއުޅުމަކީ ކުޅިވަރެއް ކަމުގައްޔާއި، މަޖަލެއް ކަމުގައި މެނުވި ނުވެއެވެ. ތަޤުވާވެރިވާ މީހުންނަށް އާޚިރަތުގެ ގޮވަތި މާ ހެޔޮކަން ބޮޑެވެ. ފަހެ ތިޔަބައި މީހުންނަކަށް ނުވިސްނޭހެއްޔެވެ.؟" މާތް ﷲ ވަހީކުރެއްވެވި ބަސްފުޅެއްގެ މާނާގައި ވާކަމަށް ޙުތުބާގައި ވިދާޅުވިއެވެ.

މިއަދު އިއްވި ޚުތުބާގައި ބުނީ މާތްﷲ އިންސާނާއަށް ދުންޔަވީ ހަޔާތް ދެއްވައިފައިވަނީ އޭނާގެ އުޚްރަވީ ހަޔާތަށް ޓަކައި ގޮވާން ކުރާ ދަނޑުބިމެއްގެ ގޮތުގައި ކަމަށެވެ. އެ ބިމުގައި އޭނާ ރަނގަޅު ގޮވާމެއް ނުކޮށްފިނަމަ އޭނާގެ ވެރި ރަސްކަލާނގެ ހަޒްރަތަށް ދާނީ ހުސްއަތާ ކަމަށާއި ބުއްދިވެރިއަކީ އަބަދާއި އަބަދު އުޚްރަވީ ހަޔާތް ހިތްމައްޗަށް ގެނެސް، ހަޔާތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާ މީހާ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ދުނިޔޭގައި އިންސާނާ ކިތަންމެ މުދަލެއް ހޯދިޔަސް އެއީ ވަގުތީ އެއްޗެއް ކަމަށާއި ފަނާވެގެންދާނެ އެއްޗެއް ކަމަށެވެ. ނުވަތަ އެއީ ދޫކޮށްފައި ދާންޖެހޭނެ ތަކެތި ކަމަށެވެ. އަދި އެއަށްފަހު އޮތީ ﷲގެ ހަޒްރަތުގައި ޖަވާބުދާރީ ވާންޖެހޭ ދުވަސް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އަދި ދުންޔަވީ މަސައްކަތްތައް ކުރަން ޖެހޭ ކަމަށާއި ނަމަވެސް އެއީ މާތްالله ރުއްސަވާ ގޮތަށް ކުރާ މަސައްކަތްތަކަށް ވާން ޖެހޭ ކަމަށް ހުތުބާގައި ބުުންޏެވެ. އެއީ މާތްاللهގެ މަގުން އެއްކިބާ ކުރާ މަސައްކަތްތަކަކަށް ހަދައިގެން ނުވާނެ ކަމަށާއި ނަމަވެސަ ބައެއް އަފްރާދުންގެ އަމަލުތައް ހުންނަނީ ހިތާމަކުރަންޖެހޭފަދަ ގޮތަކަށް ކަމަށް ހުތުބާގައި ބުންޏެވެ.

އަދި އެބައިމީހުން ދުނިޔެއާއިމެދު ދަހިވެތިވެ, މުދަލާއިގެން މުސްއޫލުވުމުގެ ސަބަބުން ނަމާދު ކުރަން ވަގުތު ނުވާ ކަމަށާއި މުދާ ހޯދުމުގައި ހަރާމެއް, ހަލާލެއް ބެލުމެއް ނެތް ކަމަށް ހުތުބާގައި ބުންޏެވެ. މީގެ އިތުރުން މީހެެއްގެ ހައްގަކަށް އަރައިގަތުމަކީ އެއްވެސް ކަމެއް ކަމުގައި އެފަދަ މީހުން ނުދެކޭ ކަމަށާއި ދުންޔަވީ ކަންކަމާހެދި ތިމާގެ މައިންބަފައިންނާއި ގާތްތިމާގެ މީހުންނާ ގުޅުން ކަނޑާލާ ކަމަށް ހުތުބާގައި ބުންޏެވެ.

އެފަދައިން ކަންތައް ކުރަމުންދާއިރު އެބައިމީހުން މަރުވާނެކަމާއި އެއަށްފަހު މާތްاللهގެ ހަޒްރަތުގައި ޖަވާބުދާރީވާން ޖެހޭނެކަން ހަނދާން ނެތީތޯ ހުތުބާގައި ސުވާލުކޮށްފައިވެއެވެ.

އަދި ހަމަ އެކަނި ދުންޔަވީ ކަންކަމުގައި މަޝްޢޫލުވެ އުޚުރަވީ ހަޔާތްތަމިން ހަނދާން ނައްތާނުލުމަށް މިއަދުގެ ޚުތުބާގައި ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް