މަޢުލޫމާތު ބަދަލުވެގެން އައިޑީ ކާޑު ހެއްދުމުގެ އަގު ބޮޑުކޮށްފި އެވެ.
މިކަން ހާމަކޮށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނީ މައުލޫމާތު ބަދަލުވެގެން އައިޑީ ކާޑު ހައްދާ އަގު މިއަދުން ފެށިގެން ބޮޑުކޮށްފައިވާ ކަމަށެވެ.
އެގޮތުން ޑީއެންއާރުން ގެޒެޓް ކުރި އިއުލާނުގައިވާ ގޮތުން އެ އަގު ވަނީ 150 ރުފިޔާ ބޮޑުކޮށްފަ އެވެ.
ޑީއެންއާރުން މަޢުލޫމާތު ބަދަލުވެގެން އައިޑީ ކާޑު ހައްދައި ދިނުމުގެ އަގު ބޮޑު ކޮށްފައި ވާއިރު މީގެ ކުރިން، މައުލޫމާތު ބަދަލުވެގެން އައިޑީ ކާޑު ހައްދައި ދިނުމުގެ ޚިދުމަތް ދެނީ 50 ރުފިޔާ އަށެވެ.
އެހެން ކަމުން މިވަނީ މިޚިދުމަތުން 100 ރުފިޔާ އިތުރަށް .ބޮޑުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް