ވެރިކަމުގެ ބޭނުމުގައި ރައީސް ސޯލިހާ ހަދާނެ ޑީލެއް ނެތް: ނާޒިމް

ވެރިކަމުގެ ބޭނުގައި އެމްޑީޕީ ނުވަތަ ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙާއެކު ހަދާނެ ޑީލެއް ނެތް ކަމުގައި އެމް.އެން.ޕީ. ގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ "ނާޒިމް ބުނަނ...

03 Mar 2023 | 04:58

ވެރިކަމުގެ ބޭނުގައި އެމްޑީޕީ ނުވަތަ ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙާއެކު ހަދާނެ ޑީލެއް ނެތް ކަމުގައި އެމް.އެން.ޕީ. ގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ "ނާޒިމް ބުނަނީ ކީކޭ؟" ނަމުގައި ރޭ އެމްއެންޕީން ބޭއްވި ކްލަބް ހައުސް އިވެންޓުގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ނާޒިމް ވިދާޅުވީ އެ ބޭފުޅުން ޖުމްހޫރީ ޕާޓީން ވަކިވެ، ވަކި ޕާޓީއެއް ހަދަން މެދުވެރިވީވެސް، ޖޭޕީ ސަރުކާރުގެ ކޯލިޝަންގައި އޮތުމުން ސަރުކާރުން ކިތަންމެ ގޯހެއް ހެދިޔަސް، އެއްޗެއް ބުނެވެން ނޯންނާތީކަމަށެވެ.

އެމްއެންޕީއަކީ ވަކި އުޞޫލުތަކެއް ހިފަހައްޓާ ޕާޓީއެއްކަމަށާއި އަދި އެ ޕާޓީގެ މައިގަނޑު ސިޔާސަތުތަކާއި ސިޔާސަތުތަކާ ދިމާނުވާކަމާއި އަދި އެހެންކަމުން، ވެރިކަމުގެ ބޭނުމުގައި ޤައުމީ ބޮޑެތި މައްސަލަތަކުގައި ޤައުމަށް ގެއްލުންވާނޭ ފަދަ ސިޔާސަތެއްގައި ބައިވެރިނުވާނޭ ކަމުގައެވެ.

އެހެންނަމަވެސް، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކަށް ހިނގައްޖެނަމަ، އެމް.އެން.ޕީ. ގެ ސިޔާސަތުތަކާ އެކީ މަސައްކަތް ކުރާން ތިބި ބަޔަކާއެކީ ގުޅިގެން މަސައްކަތް ކުރެވިދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އޭނާގެ ސަރުކާރެއްގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ނުދެއްވާނޭ ކަމަށާއި އަދި ޤައުމުގެ މިނިވަންކަމަށާއި އަދި ރައްކާތެރިކަމަށް ގެއްލުންވާ ވަރުގެ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް