ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގެ ތާރު އެޅި މަގުތައް މާދަމާ ހުޅުވާލާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
ހިޔާ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 20 ހިސާބުގަ އެވެ. އެޗްޑީސީން ކުރިން ބުނެފައިވަނީ އެ މަސައްކަތް 15 ވަރަކަށް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
އެޗްޑީސީން މިރޭ ބުނީ އެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މާދަމާއިން ފެށިގެން އެ މަގުތައް އާންމުކޮށް ހުޅުވާލާނެ ކަމަށް ބުންޏެވެ.
އެ ސަރަހައްދުގައި ތާރު ނާޅާ އޮތީ ބަސް ސްޓޮޕްގެ މެދަށް ވާގޮތަށް އޮންނަ ބޮޑު މަގުގައި އެވެ. އެ މަގަކީ ކަސްރަތު ކުރާ ސަރަހައްދާއި ކުދަކުދިން ކުޅޭ ޕާކާއި އެނޫންވެސް ކުޅިވަރުތައް ކުޅޭ ތަންތަން ހެދުމަށް ހާއްސަ ކޮށްފައިވާ މަގެކެވެ.
އެޗްޑީސީން މިހާރު ވަނީ އެ މަގުގައި ހަދާ ފުރަތަމަ ޕާކު ހެދުމުގެ އަމަލީ މަސައްކަތް ފަށާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް