ވޯލްޑް ކަޕްގެ އޮފިޝަލް ގްލޯބަލް ކަނެކްޓިވިޓީ ސާވިސް ޕްރޮވައިޑަރަކަށް އުރީދޫ

ގަތަރުގައި މިއަަހަރު ބާއްވާ "ފީފާ ވޯލްޑްކަޕް ގަތަރު 2022" ގެ ގްލޯބަލް ކަނެކްޓިވިޓީ ސާވިސް ޕްރޮވައިޑަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ. އުރީދޫ އާއި ސުޕްރީމް ކައުންސިލް ފޯ ޑެލިވަރީ އެންޑް ލެގަސީ އާއި (އެ...

03 Mar 2022 | 17:21

ގަތަރުގައި މިއަަހަރު ބާއްވާ "ފީފާ ވޯލްޑްކަޕް ގަތަރު 2022" ގެ ގްލޯބަލް ކަނެކްޓިވިޓީ ސާވިސް ޕްރޮވައިޑަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ.

އުރީދޫ އާއި ސުޕްރީމް ކައުންސިލް ފޯ ޑެލިވަރީ އެންޑް ލެގަސީ އާއި (އެސްސީޑީއެލް)އާއެކު ވެވުނު މި އެއްބަސްވުމުގެ ދަށުން، ޤަތަރުގެ ވެރިރަށް ދޯހާއާއި، އިނގެރޭސިވިލާތުގެ ލަންޑަން، ޖަރުމަނުގެ ފްރެންކްފާޓް އަދި ސިންގަޕޫރު ގުޅާލެވޭނެއެވެ.

މި މުހިންމު ހަރަކާތަށް ޤަތަރުގެ ހުރިހާ ބްރޯޑްކާސްޓަރުންނަށް ކަނެކްޓިވިޓީގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބައިނަލްއަޤްވާމީ 50 މީޑިއާއަކަށް ލައިވް ފީޑާއި ޑޭޓާ ދޫކުރުމަށް ގަތަރުގައި ހުންނަ އިންޓަނޭޝަނަލް ބްރޯޑްކާސްޓިން ސެންޓަރާއި ގުޅުވާލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އުރީދޫއިން ދަނީ ބްރޯޑްކާސްޓް ގްރޭޑްގެ ވީޑިއޯ ޕްރޮޑަކްޝަން އަދި ޑިސްޓްރިބިއުޝަން އަށް ބޭނުންވާ ކޮލިޓީ އާއި ރެސިލިއަންސް ބްރޯޑްކާސްޓަރުންނަށް ފޯރުކޮށްދޭ މަލްޓި-100ގިގް އިންޓަނޭޝަނަލް ނެޓްވޯކެއް ބިނާކުރަމުންނެވެ.

އުރީދޫ ގަތަރުގެ ޗީފް ބިޒްނަސް އޮފިސަރ ޝައިހް ނާސިރު އަލް ޘާނީ ވިދާޅުވީ މީގެ ކުރިން އެ ގައުމުގައި ބޭއްވި އެކި ކުޅިވަރު ހަރަކާތްތަކުގައި ވެސް އުރީދޫއިން ރަނގަޅު ހިދުމަތެއް ފޯރުކޮށްދީފައިވާ ކަމަށާއި އެ ކުންފުނިން އިތުބާރު ޤާއިމުކޮށްފައި ވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް