ފިހާރައަކަށް އެކި ދުވަސްތައް މަތިން ވަގު ސްލިޕް ފޮނުވައިގެން އެއް ލައްކައަށްވުރެ ގިނަ ރުފިޔާގެ މުދާ ނެގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
އެމީހާ ހައްޔަރު ކުރީ އިއްޔެ އެވެ. މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ25 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ އެމީހާ ވަނީ ހުޅުމާލޭގެ ފިހާރައަކުން މިދިޔަ ޖެނުއަރީ މަހުގެ އެކި ދުވަސްތަކުގައި ވަގު ސްލިޕް ފޮނުވައިގެން ވިޔަފާރިކޮށްފަ ކަމަށެވެ.
މި މައްސަލައިގަ އެމީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ވަނީ15 ދުވަސް ޖަހާފަ އެވެ.
ފުލުހުން ބުނީ އެމީހާ ވަގު ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން އެ ފިހާރައިން ނެގި ތަކެތީގެ ތެރެއިން އަށްޑިހަ ހާހަށްވުރެ ގިނަ ރުފިޔާގެ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.
އެ މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް